Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ގޯލެއް ނުޖެހުނަސް ޕާކިސްތާނާއި، ބަންގްލަދޭޝް ޕޮއިންޓަކުން ފަށައިފި
ގޯލެއް ނުޖެހުނަސް ޕާކިސްތާނާއި، ބަންގްލަދޭޝް ޕޮއިންޓަކުން ފަށައިފި
ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ގޯލެއް ނުޖެހުނަސް ޕާކިސްތާނާއި، ބަންގްލަދޭޝް ޕޮއިންޓަކުން ފަށައިފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 1 ޖޫން 2026

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، މިއަދު ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކޮށް 0-0 އިން އެއްވަރުވެއްޖެ އެވެ. 

މި މެޗަކީ މުބާރާތުގެ ފުރަތަމަ މެޗެވެ. މި ދެޓީމުގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި އަފްގާނިސްތާނެވެ. 

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ކެޕްޓަން މޮންޖުރޫރު ރަހުމާނަށް ވަނީ 62 ވަނަ މިނެޓުގައި ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް އަށް ހަމަލާދިނުމުންނެވެ. 

ކުޅުންތެރިއަކު މަދުވުމުން މެޗުގެ ފަހު 30 މިނެޓު ބަންގްލަދޭޝް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. 

މެޗުގައި ދެޓީމުން ވެސް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެކަމަކު ގަދަ ހޫނުގައި ކުޅުނު މެޗުގައި ދެޓީމުގެ ކުޅުންތެރިންނަށް ވެސް އުނދަގޫތައް ކުރިމަތިވި އެވެ. 

https://fahuminet.com/tournaments/diamond-jubilee-international-football-tournament

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕާކިސްތާނުގެ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދެއްކި ބަންގްލަދޭޝްގެ ގޯލްކީޕަރު އެމްޑީ މެހެދީ ހަސަން އެވެ. މެޗަށް ފަހު ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ގޯލްކީޕަރު ދެއްކި ކުޅުމާއެކު އޭނާ އަށް ބޮޑު ސަޕޯޓެއް ދީފަ އެވެ. 

ޑައިމަންޑް ޖުބިލީ މުބާރާތުގެ ދެ ވަނަ މެޗުގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލުކުރާނީ މިރޭ 9 ޖަހާއިރު އެވެ. 

ކޮމެންޓްސް

Matches
4
Ongoing
2
Upcoming
Settings