Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޑައިމަންޑް ޖުބިލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށާނީ މާދަމާ
ޑައިމަންޑް ޖުބިލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށާނީ މާދަމާ
މީގެކުރިން ގައުމީ ޓީމު ކުޅުނު މެޗެއްގެ ޓިކެޓް ވިއްކަނީ. ޑައިމަންޑް ޖުބިލީ މުބާރާތުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ. ފޮޓޯ: އެފްއޭއެމް

ޑައިމަންޑް ޖުބިލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށާނީ މާދަމާ

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 30 މެއި 2026

ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ މުބާރާތްތައް ބާއްވަން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ފުޓްބޯލް ޓޯނަމަންޓްގައި ފުރަތަމަ ކުޅޭ ދެ މެޗުގެ ޓިކެޓް ވިއްކަން މާދަމާ ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ތިން ގައުމަކަށް ދައުވަތު ދީގެން އަންނަ މަހުގެ 1 އިން 10 އަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްގާނިސްތާނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ބައްދަލުކުރާނީ އަފްގާނިސްތާނާ އެވެ. ދެވަނަ މެޗުގައި ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު ޕާކިސްތާނާ ވާދަކުރަން ހަމަޖެހިފައިވާއިރު ލީގު އުސޫލުން ކުޅޭ ފަހު މެޗުގައި ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ރެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަން ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ވިއްކަން މާދަމާ ފަށާ ގޮތަށް ހަމަޖެއްސި ނަމަވެސް ފުރަތަމަ ވިއްކަން ފަށާނީ ހޯމަ ދުވަހު ކުޅޭ މެޗުތަކުގެ ޓިކެޓް އެކަނި ކަމަށް މި ނޫހާ ވާހަކަ ދެއްކި އެފްއޭއެމްގެ އޮފިޝަލް ބުނެފައިވެ އެވެ. ޓިކެޓް ވިއްކަން ފަށާނެ ގަޑިއަކާއި، ތަންތަން މީޑިއާ މެދުވެރިކޮށް އެފްއޭއެމުން ފަހުން އިއުލާން ކުރާނެ ކަމަށްވެސް އޮފިޝަލް ބުނެފައިވެ އެވެ.

https://fahuminet.com/tournaments/diamond-jubilee-international-football-tournament

ރާއްޖޭގެ ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވުމަށްޓަކައި މިދިޔަ މަހުގެ 26 އިން ފެށިގެން އަންނަނީ ފަރިތަކުރަމުންނެވެ. ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދިން އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.

ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2000 ވަނަ އަހަރު ވެސް މިފަދަ މުބާރާތެއް ރާއްޖޭގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި ރާއްޖެ އާއި ސްރީ ލަންކާ ވާދަކޮށް މުބާރާތުގެ ތަށި އުފުލާލައިފައިވަނީ ސްރީ ލަންކާއިންނެވެ.

ކޮމެންޓްސް

Matches
2
Ongoing
3
Upcoming
Settings