Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ފުރިހަމަ ރެކޯޑަކާ އެކު ގައްދޫ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް
ފުރިހަމަ ރެކޯޑަކާ އެކު ގައްދޫ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް
ގައްދޫ އިން ކުނަހަންދޫ ބަލިކުރި މެޗުގެ ތެރެއިން. ގައްދޫ ވަނީ ޗެމްޕިއަންކަމާ ގާތަށް ޖެހިލާފައި. ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކްލަބް

ފުރިހަމަ ރެކޯޑަކާ އެކު ގައްދޫ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 30 މެއި 2026

މިހާރު ކުރިއަށްދާ ސައުތު ރީޖަން ލީގު ފުޓްބޯޅަ މުބާރާތުގައި ގދ. ގައްދޫއިން ކުޅުނު ހަތަރު ވަނަ މެޗުވެސް ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމާ ވަރަށް ގާތަށް ޖެހިލައިފި އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅެމުން އަންނަ މި މުބާރާތުގެ ލީގު ކަށަވަރުކުރުމާ ގާތަށް ގައްދޫއިން ޖެހިލީ މުބާރާތުގައި އެ ޓީމުން އަމިއްލަ ރަށުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ލ. ކުނަހަންދޫއާ ވާދަކޮށް 2-3 އިން ކުރި ހޯދައިގެންނެވެ.

ސައުތު ރީޖަން ލީގުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު ގައްދޫ އޮތްއިރު އެ ޓީމާ އެންމެ ގާތުން ދެވަނައިގައި އޮތް ލ. ގަމަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ގައްދޫ އާއި ގަމާއި ދެމެދު އެންމެ ދެ ޕޮއިންޓްގެ ތަފާތު އޮތް ނަމަވެސް ގަމަށްވުރެ އިތުރަށް އެއް މެޗު އޮތުމަކީ ގައްދޫއަށް އޮތް ބޮޑު އެޑްވާންޓޭޖެކެވެ.

ލީގުގައި ގައްދޫއަށް އަދި ބާކީ ދެ މެޗު އޮތްއިރު އަންނަ އާދިއްތަ ދުވަހު އަމިއްލަ ރަށުގައި އައްޑޫ ސިޓީގެ ފޭދޫއާ ދެކޮޅަށް ކުޅޭ މެޗު ގައްދޫއިން ކާމިޔާބުކޮށްފި ނަމަ ލީގު ޗެމްޕިއަންކަން އެ ޓީމަށް ޔަގީން ވާނެ އެވެ. އެ ނޫން ނަތީޖާއެއް ނުކުމެއްޖެ ނަމަ ލީގު ޗެމްޕިއަންކަން ލިބޭ ޓީމެއް ކަށަވަރުވާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ގައްދޫ އާއި ގަން ވާދަކުރާ މެޗުގައި ނުކުންނަ ނަތީޖާއިންނެވެ.

ގޯލު ޖެހުމަށް ފަހު ގައްދޫ ކުޅުންތެރިއަކު އުފާފާޅުކުރަނީ. ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކްލަބް
ގޯލު ޖެހުމަށް ފަހު ގައްދޫ ކުޅުންތެރިއަކު އުފާފާޅުކުރަނީ. ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކްލަބް

ސައުތު ރީޖަން ލީގުގައި ގައްދޫ އާއި ކުނަހަންދޫ ބައްދަލުކުރި މެޗުގައި ކުނަހަންދޫގެ ކުޅުންތެރިއެއްގެ އަތުން ފުރަތަމަ ހާފުގެ ކުރީކޮޅު ބައިކޮޅަށް ވަތް ލަނޑަކާއެކު ގައްދޫއަށް ލީޑު ލިބުނު ނަމަވެސް ކުނަހަންދޫ އިން ދެވަނަ ހާފު ފަށައިގެން ފުރަތަމަ 15 މިނެޓްގެ ތެރޭގައި ދެ ލަނޑު ޖަހައި ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި އެވެ. އެކަމަކު ކުނަހަންދޫއަށް އެ ލީޑު ދެމެހެއްޓޭވަރުވީ އެންމެ ފަސް މިނެޓަށެވެ. ގައްދޫ އިން މެޗުގެ 63 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށް އޭގެ ހަތް މިނެޓް ފަހުން ގައްދޫ އިން ތިން ވަނަ ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރި އެވެ.

https://fahuminet.com/tournaments/south-region-league-2026

މާލެ ފިޔަވައި ރާއްޖޭގެ ތން ސަރަހައްދެއް ގައި އެފްއޭއެމުން ކުރިއަށްގެންދަން ހަމަޖެއްސި ރީޖަން ލީގު ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން މިހާތަނަށް ނުނިމި އޮތީ ހަމައެކަނި ސައުތު ރީޖަން ލީގެވެ. ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހއ. ދިއްދޫ އިން ހޯދާފައިވާއިރު ސެންޓްރަލް ރީޖަން ލީގު ކާމިޔާބުކޮށްފައިވަނީ ކ. ހުރާ އެވެ. އަދި މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދީ ބިސްބުރު ސްޕޯޓްސް ކްލަބެވެ. 

ކޮމެންޓްސް

Matches
2
Ongoing
3
Upcoming
Settings