Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑެތި ކުންފުނިތަކަށް ފަސޭހަ ރެއެއްގައި، ކޯރާ ކޯރާ އިން ކޮންރެޑް ބަލިކޮށްފި
ބޮޑެތި ކުންފުނިތަކަށް ފަސޭހަ ރެއެއްގައި، ކޯރާ ކޯރާ އިން ކޮންރެޑް ބަލިކޮށްފި
ކޯރާ ކޯރާގެ އަޝްރަފް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ބޮޑެތި ކުންފުނިތަކަށް ފަސޭހަ ރެއެއްގައި، ކޯރާ ކޯރާ އިން ކޮންރެޑް ބަލިކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން 24 މެއި 2026

މިހާރު ކުރިއަށްދާ ކިންގްސް ކަޕްގައި ރޭ މަޝްހޫރު ކުންފުނިތަކުން މޮޅު ހޯދިއިރު ކޯރާ ކޯރާ ރިސޯޓުން ކޮންރެޑް ރިސޯޓް ބަލިކޮށްފި އެވެ. 

ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަނީ ފުވައްމުލަކުން މުބާރާތުގައި ވާދަކުރަމުން އަންނަ އެފްވައިއެސްޑީއޭ 1-3 އިން ބަލިކޮށްފަ އެވެ. މެޗުގައި އެސްޓީއޯ ޓީމަށް ދެ ގޯލު ޖަހައި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލު ޖެހީ ގައުމީ ފުޓްސަލް ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. ފުވައްމުލަކު ޓީމުގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ހަމްދާން އެވެ. 

ހުސް ތަރިންނާއެކު މުބާރާތުގައި ވާދަކުރަމުން އަންނަ އެމްޓީސީސީން ރޭ ވަނީ އުތީމު އެފްސީ 1-4 އިން ބަލިކޮށްފަ އެވެ. މެޗުގައި އެމްޓީސީސީ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަޔާޒް އަހުމަދު (އަޔާ) އާއި އަލީ ޝިޔާހް (ޝިޔަޅޭ) ގެ އިތުރުން މުހައްމަދު އިސާމް އެވެ. އުތީމުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ސަޚާއު އެވެ. 

ރޭ ކުޅުނު ފަހު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ކޯރާ ކޯރާ އިން ކޮންރަޑް ބަލިކުރީ 1-2 އިންނެވެ. ވާދަވެރި ކުޅުނު ފެނުނު މެޗުގައި ކޯރާ ކޯރާގެ ފުރަތަމަ ގޯލު ޖެހީ މުހައްމަދު ތޯހިރު އެވެ. އަނެއް ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އަޝްރަފް އެވެ. ކޮންރަޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަނާއު ނަސީރު އެވެ. 

ރޭގެ ފަހު މެޗުގައި ސްޓެލްކޯ ވަނީ ފަސޭހަކަމާ އެކު 4-1 އިން ކްލަބް ބިނާރާ ބަލިކޮށްފަ އެވެ. މެޗުގައި ސްޓެލްކޯގެ ދެ ގޯލު ޖަހައި އިބްރާހީމް ރިމާހު (ރިމޭ) ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު ޝިރުޚާން އާއި މުއާޒް އަލީ އެވެ. ބިނާރާގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ނާހިލް ނޫހު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރިމޭ އެވެ. 

ރޭގެ މެޗުތަކަށް ފަހު ބޮޑު އީދު ބަންދަށް ކިންގްސް ކަޕްގެ ކުޅުން ވަނީ މެދުކަނޑާލާފަ އެވެ. ދެން މެޗުތައް ފަށާނީ މޭ 31 ވަނަ ދުވަހު އެވެ. 

ކިންގްސް ކަޕަކީ ކްލަބް މޯލްޑިވްސް ސީޒަނުގެ ފުރަތަމަ މުބާރާތެވެ. ކިންގްސް ކަޕްގެ އިތުރުން މިފަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގައި 6 މުބާރާތެއް ކުޅޭނެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings