Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ސްކޯ ދިމާކޮށްގެން އެއިޓީ ފޯއިން ތިން ހާސް ރުފިޔާގެ ސެންޓު
ސްކޯ ދިމާކޮށްގެން އެއިޓީ ފޯއިން ތިން ހާސް ރުފިޔާގެ ސެންޓު
ސެންޓު ވިއްކާ އޮންލައިން ޕްލެޓްފޯމް އެއިޓީ ފޯ. ކިންގްސް ކަޕްގެ ސްކޯ ޕްރިޑިކްޓާގައި އެއިޓީފޯ އިން ވަނީ ސެންޓު ލިބޭ ލީގެއް ހުޅުވާލާފައި. ފޮޓޯ: އެއިޓީ ފޯ

ސްކޯ ދިމާކޮށްގެން އެއިޓީ ފޯއިން ތިން ހާސް ރުފިޔާގެ ސެންޓު

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 22 މެއި 2026

މިރޭ ފަށާ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން ހުޅުވާލާފައިވާ އިރު އެ ފުރުސަތުގެ ބޭނުން ހިފައިގެން އެއްވަނައަށް ހޯދާ ފަރާތަކަށް އިނާމުގެ ގޮތުގައި ތިން ހާސް ރުފިޔާގެ އަގުހުރި ސެންޓް ހުށަހަޅައިފި އެވެ.

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކިންގްސް ކަޕްގެ މެޗުތަކު ސްކޯ ދިމާކޮށްގެން އެއްވަނައަށް އަންނަ ފަރާތަކަށް އެއިޓީފޯ އިން ހުށަހަޅާފައިވާ އިނާމު ލިބޭނީ މި ނޫހުގެ ފަރާތުން ތައްޔާރުކޮށްފައިވާ ސްކޯ ޕްރިޑިކްޓާ ގައި އެއިޓީ ފޯގެ ނަމުގައި ހިމަނާފައިވާ ލީގުގައި ވާދަކޮށް ސްކޯ ޖަހައިގެންނެވެ. އެއިޓީ ފޯ އަކީ މީރުވަސް ދުވާ އެކި ބްރޭންޑްތަކުގެ ސެންޓް ވިއްކާ އޮންލައިން ވިޔަފާރިއެކެވެ.        

ކިންގްސް ކަޕްގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން މިހާރު ހުޅުވާލާފައިވާއިރު މިކަމަށްޓަކައި  މި ނޫހުގެ ފަރާތުން ވަނީ ވެބްސައިޓްގައި ހާއްސަ ޕޯޓަލެއް ހަދައިފަ އެވެ. މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި، މުބާރާތުގެ ކޮންމެ މެޗެއް ފެށުމާ ހަމައަށް އެ މެޗެއްގެ ލަފާކުރާ ސްކޯ ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. ސްކޯ ދިމާކޮށްގެން އެ މީހަކަށް ލިބޭ ޕޮއިންޓާއި، އެމީހަކު ވާދަކުރާ ލީގެއްގައި އޮތް ވަނަ، މެޗު ނިމުމާއެކު ވަގުތުން ފެންނަން ހުންނާނެ އެވެ.

މި ނޫހުގެ ފަރާތުން ތައްޔާރުކޮށްފައިވާ ސްކޯ ޕްރިޑިކްޓާ ޕޯޓަލްގައި، އެކި ފަރާތްތަކުން އިނާމު ހުށަހަޅާފައިވާ ލީގުތަކާއި، އެ ލީގުތަކުން އެއްވަނައަށް އަންނަ ފަރާތަކަށް ލިބޭ އިނާމާ ގުޅޭ މައުލޫމާތު ފެންނަން ހުންނާނެ އެވެ. އެކަކަށް ކިތަންމެ ގިނަ ލީގެއްގައިވެސް ބައިވެރިވެވިދާނެ އެވެ. އަދި އެކި ލީގުތަކުގައި ވަކިން ސްކޯ ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މީގެ އިތުރުން ސްކޯ ޕްރިޑިކްޓާ ޕޯޓަލްގެ ތެރެއިން ވަކިވަކި އާއިލާތަކަށް ނުވަތަ އޮފީސްތަކަށް ނުވަތަ ގްރޫޕްތަކަށް އެ ބައެއްގެ ތެރޭގައި ސްކޯ ދިމާކުރުމުގެ ލީގުތައް ހަދައި އެ ގްރޫޕްގެ ތެރެއިން އެންމެ މޮޅުވަނީ ކާކުތޯ ވެސް ބެލޭނެ އެވެ.

https://fahuminet.com/predict/leagues/eighty-four-sz79b/share

ގްރޫޕްތަކުގެ ތެރޭގައި ސްކޯ ދިމާކުރުން ކުރިއަށްދިއަޔަސް އެ ގްރޫޕެއްގެ ތެރޭގައި ހިމެނޭ އެންމެންގެ ރޭންކު ވަކިން ފެންނަން ހުންނާނެ އެވެ. މިފަދަ ލީގުތައް ވަކިން ހަދާ ފަރާތްތަކަށްވެސް އެ ލީގެއްގައި ހޮވާ ވަނަތަކަށް ކަނޑައަޅާ އިނާމު ލީގުގައި ބައިވެރިވާ ފަރާތްތަކަށް ފެންނަ ގޮތް ހެދޭބެ އެވެ. އެކަމަކު މިފަދަ ލީގުތަކުގައި ދޭން ހުށަހަޅާ އިނާމުތަކަށް ޒިންމާ ވާނީ އެ ލީގެއް އުފައްދާ ފަރާތަކުންނެވެ.  

ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ޕޯޓަލްގައި ލީގު ސްޕޮންސާކޮށް އިނާމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފަ އެވެ.  

 

 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Settings