Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ސްކޯ ދިމާކޮށްގެން ބޫޓްރޫމްގެ އަގުހުރި ހަދިޔާއެއް ހޯދުމުގެ ފުރުސަތު
ސްކޯ ދިމާކޮށްގެން ބޫޓްރޫމްގެ އަގުހުރި ހަދިޔާއެއް ހޯދުމުގެ ފުރުސަތު
ބޫޓުް ރޫމްގައި ވިއްކަން ހުރި ބައެއް ބޫޓޫތައް. މިއީ މިހާރު ކުޅިވަރު ކުޅުންތެރިންގެ މެދުގައި މަގްބޫލު ބްރޭންޑެއް. ފޮޓޯ: ބޫޓް ރޫމް

ސްކޯ ދިމާކޮށްގެން ބޫޓްރޫމްގެ އަގުހުރި ހަދިޔާއެއް ހޯދުމުގެ ފުރުސަތު

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 22 މެއި 2026

މިރޭ ފަށާ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގައި ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު މި ނޫހުގެ ފަރާތުން މިހާރު ހުޅުވާލާފައިވާއިރު މި ފުރުސަތުގެ ބޭނުން ހިފައިގެން އެއްވަނަ ހޯދާ ފަރާތަކަށް ފެންވަރު ރަގަޅު ފުޓްބޯޅަ ބޫޓަކާ އެކު އިތުރު ހަދިޔާތަކެއް ހިމެނޭ ވަރަށް ހާއްސަ ގިފްޓް ޕެކޭޖެއް ބޫޓްރޫމުން ހުށަހަޅައިފި އެވެ.

ބޫޓް ރޫމަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ އަދި ފުޓްސަލް ކުޅުންތެރިންގެ މެދުގައިވެސް މިހާރު މަގްބޫލް ނަމެކެވެ. މިއަހަރުގެ ޖެނުއަރީ މަހު ތައިލެންޑްގައި އޮތް ފުރަތަމަ ސާފު ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޫޓް ރޫމުން ބޫޓް ފޯރުކޮށްދީފައިވާއިރު އެ މުބާރާތުގައި ބައިވެރިވި އަންހެން ފުޓްސަލް ޓީމުގައި ހިމެނުނު 14 ކުޅުންތެރިންގެ ތެރެއިން 11 ކުޅުންތެރިން އެ މުބާރާތުގައި ކުޅުނީ ބޫޓް ރޫމުން ގަތް ބޫޓުތަކުގަ އެވެ. 

ފުޓްބޯޅައަށް މުޅި ރާއްޖެއަށް މަޝްހޫރު ބ. އޭދަފުށީގައި ބޫޓްރޫމްގެ މައި އައުޓްލެޓް ގާއިމުކޮށްފައިވާއިރު ބޫޓްރޫމުން އޮންލައިންކޮށް ބޫޓް ގަންނަން އެދޭ ފަރާތްތަކަށްވެސް އެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އަދި، ބޫޓް ރޫމުން ބޫޓް ގަންނަ ފަރާތްތަކަށް އެ މީހަކު ހުރި ތަނަކަށް ހިލޭ ބޫޓް ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފަ އެވެ.

ކިންގްސް ކަޕްގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން މިހާރު ހުޅުވާލާފައިވާއިރު މިކަމަށްޓަކައި  މި ނޫހުގެ ފަރާތުން ވަނީ ވެބްސައިޓްގައި ހާއްސަ ޕޯޓަލެއް ހަދައިފަ އެވެ.

https://fahuminet.com/predict/leagues/bootroom-rv8hd/share

މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި، މުބާރާތުގެ ކޮންމެ މެޗެއް ފެށުމާ ހަމައަށް އެ މެޗެއްގެ ލަފާކުރާ ސްކޯ ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. ސްކޯ ދިމާކޮށްގެން އެ މީހަކަށް ލިބޭ ޕޮއިންޓާއި، އެމީހަކު ވާދަކުރާ ލީގެއްގައި އޮތް ވަނަ، މެޗު ނިމުމާއެކު ވަގުތުން ފެންނަން ހުންނާނެ އެވެ.

އެކަކަށް ކިތަންމެ ގިނަ ލީގެއްގައިވެސް ބައިވެރިވެވިދާނެ އެވެ. އަދި އެކި ލީގުތަކުގައި ވަކިން ސްކޯ ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ޕޯޓަލްގައި ލީގު ސްޕޮންސާކޮށް އިނާމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފަ އެވެ.  

 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Settings