Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އިނާމުތަކާ އެކު ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ހުޅުވާލައިފި
އިނާމުތަކާ އެކު ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ހުޅުވާލައިފި

އިނާމުތަކާ އެކު ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ހުޅުވާލައިފި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 20 މެއި 2026

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން ހުޅުވާލައިފި އެވެ.

މެޗުތަކުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު އާންމުކޮށް އެންމެންނަށް ހުޅުވާލައިވާއިރު މިކަމަށްޓަކައި މި ނޫހުގެ ފަރާތުން ވަނީ ވެބްސައިޓްގައި ހާއްސަ ޕޯޓަލެއް ހަދައިފަ އެވެ. މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި، މުބާރާތުގެ ކޮންމެ މެޗެއް ފެށުމާ ހަމައަށް އެ މެޗެއްގެ ލަފާކުރާ ސްކޯ ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. ސްކޯ ދިމާކޮށްގެން އެ މީހަކަށް ލިބޭ ޕޮއިންޓާއި، އެމީހަކު ވާދަކުރާ ލީގެއްގައި އޮތް ވަނަ މެޗު ނިމުމާއެކު ވަގުތުން ފެންނަން ހުންނާނެ އެވެ.

މި ނޫހުގެ ފަރާތުން ތައްޔާރުކޮށްފައިވާ ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމްގައި، އެކި ފަރާތްތަކުން އިނާމު ހުށަހަޅާފައިވާ ލީގުތަކާއި، އެ ލީގުތަކުން އެއްވަނައަށް އަންނަ ފަރާތަކަށް ލިބޭ އިނާމާ ގުޅޭ މައުލޫމާތު ފެންނަން ހުންނާނެ އެވެ. އެކަކަށް ކިތަންމެ ގިނަ ލީގެއްގައިވެސް ބައިވެރިވެވިދާނެ އެވެ. އަދި އެކި ލީގުތަކުގައި ވަކިން ސްކޯ ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މީގެ އިތުރުން ސްކޯ ޕްރިޑިކްޓާ ޕޯޓަލްގެ ތެރެއިން ވަކިވަކި އާއިލާތަކަށް ނުވަތަ އޮފީސްތަކަށް ނުވަތަ ގްރޫޕްތަކަށް އެ ބައެއްގެ ތެރޭގައި ސްކޯ ދިމާކުރުމުގެ ލީގުތައް ހަދައި އެ ގްރޫޕްގެ ތެރެއިން އެންމެ މޮޅުވަނީ ކާކުތޯ ވެސް ބެލޭނެ އެވެ. ގްރޫޕްތަކުގެ ތެރޭގައި ސްކޯ ދިމާކުރުން ކުރިއަށްދިއަޔަސް އެ ގްރޫޕެއްގެ ތެރޭގައި ހިމެނޭ އެންމެންގެ ރޭންކު ވަކިން ފެންނަން ހުންނާނެ އެވެ. މިފަދަ ލީގުތައް ވަކިން ހަދާ ފަރާތްތަކަށްވެސް އެ ލީގެއްގައި ހޮވާ ވަނަތަކަށް ކަނޑައަޅާ އިނާމު ލީގުގައި ބައިވެރިވާ ފަރާތްތަކަށް ފެންނަ ގޮތް ހެދޭނެ އެވެ. އެކަމަކު މިފަދަ ލީގުތަކުގައި ދޭން ހުށަހަޅާ އިނާމުތަކަށް ޒިންމާ ވާނީ އެ ލީގެއް އުފައްދާ ފަރާތަކުންނެވެ.  

https://fahuminet.com/predict

ޖުމްލަ 12 ޓީމު ބައިވެރިވާ ކިންގްސް ކަޕްގައި މިފަހަރު ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ޖުމްލަ 25 މެޗެވެ. މުބާރާތް ކުރިއަށްގެންދަން ނިންމާފައިފައިވަނީ ޓީމުތައް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމު ހިމެނޭ އިރު ގްރޫޕް އޭ ގައި އޮތީ ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން އާއި ތިލަ އުތުރު ފުޓްސަލް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އުތީމު އެފްސީގެ އިތުރުން އޮފީސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް ކްލަބް އެމްޓީސީސީ އާއި އޭދަފުށީ ފުޓްސަލް ކަޕްގެ އެންމެ ފަހުގެ ރަނަރަޕް އެއިޓީފޯ އެފްސީ އެވެ.

ގްރޫޕް ބީ ގައި ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ރަނަރަޕް އެސްޓީއޯ އާރްސީ ހިމެނުނު އިރު ގްރޫޕްގައި ދެން އޮތީ މިދިޔަ އަހަރު މުޅިން އަލަށް ކްލަބް މޯލްޑިވްސްއިން ފެށި ސެކްޓާ ލީގުގެ ރަނަރަޕް ހޯކްސް އާއި ފުވައްމުލަކު ސިޓީ ކައުންސިލުން އެންމެ ފަހުން ބޭއްވި ފުޓްސަލް މުބާރާތް ކާމިޔާބުކުރި ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑެވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އެވެ.

ގްރޫޕް ސީގައި އޮތީ ރިސޯޓް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް އާއި މި މަހުގެ ކުރީ ކޮޅު ނިމުނު އެމްޖޭއެސް ރާބަދި ޗެލްންޖުގެ ޗެމްޕިއަން ކޯރާ ކޯރާ މޯލްޑިވްސްގެ އިތުރުން ކްލަބް މޯލްޑިވްސް ކްލަސިކްގެ އެންމެ ފަހުގެ ރަނަރަޕް ކްލަބް ބިނާރާ އާއި އޮފީސް ލީގުގެ ޗެމްޕިއަން ސްޓެލްކޯ ރިކްރިއޭޝަން ކްލަބެވެ.

https://fahuminet.com/tournaments/kings-cup-2026

ކިންގްސް ކަޕް މި މަހުގެ 22 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފއިވާއިރު މުބާރާތުގެ ގްރޫޕް ސްޓޭގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމާއި، ކޮންމެ ގްރޫޕަކުންވެސް ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ކުއާޓާ ފައިނަލްގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ޕޯޓަލްގައި ލީގު ސްޕޮންސާކޮށް އިނާމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފަ އެވެ.   

 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings