Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ސެންޓްރަލް ރީޖަން ލީގުގައި މިއަދަކީ ބޮޑު ދުވަހެއް
ވާދަވެރި ސެންޓްރަލް ރީޖަން ލީގުގައި މިއަދަކީ ބޮޑު ދުވަހެއް
މަހިބަދޫ އާއި ކުޑަހުވަދޫ ވާދަކުރި މެޗުގެ ތެރެއިން. ސެންޓްރަލް ލީގުގައި މިއަދު ވާދަވެރި ދެ މެޗު ކުޅޭނެ. ފޮޓޯ: އެފްއޭއެމް

ވާދަވެރި ސެންޓްރަލް ރީޖަން ލީގުގައި މިއަދަކީ ބޮޑު ދުވަހެއް

ފަހުމިނެޓް
ފަހުމިނެޓް
19 ގަޑިއިރު ކުރިން 18 މެއި 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރީޖަން ލީގު މުބާރާތްތަކުގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވެފައި އޮތް ސެންޓްރަލް ރީޖަން ލީގުގައި މިއަދު މުހިންމު ދެ މެޗެއް ކުޅޭނެ އެވެ.

ސެންޓްރަލް ރީޖަން ލީގުގައި ވާދަކުރަމުން އަންނަ ހަތަރު ޓީމުންވެސް ލީގުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެއްވެސް ޓީމަކަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަދި ބަންދެއް ނުވެ އެވެ. އަދި، މިއަދު ކުޅޭ މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ލީގު ކަށަވަރުކުރާ ޓީމެއް ޔަގީން ވާނީ މި ލީގުގައި ކުޅޭ އެންމެ ފަހު ދެ މެޗާ ހަމައިންނެވެ.

ސެންޓްރަލް ރީޖަން ލީގުގައި މިވަގުތު ހަތް ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ހުރާ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގައި ރަން ކާމިޔާބީތަކެއް ހޯދާފައިވާ ހުރާ އާއި ލީގުގެ ހަތަރު ވަނައިގައި އޮތް މަޝްހޫރު މަހިބަދޫ އާއި ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ދ. މީދޫ އެވެ. ތިން ވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު ކުޑަހުވަދޫ އެވެ.

https://fahuminet.com/tournaments/central-region-league-2026

ސެންޓްރަލް ރީޖަން ލީގުގައި މިއަދު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ ކުޑަހުވަދޫ އާއި މީދޫ އެވެ. ކުޑަހުވަދޫގައި މިއަދު ހަވީރު ކުޅޭ މެޗަށް އެ ޓީމު ނުކުންނައިރު ލީގުގައި އެ ޓީމު މީދޫގައި  ކުޅުނު މެޗުން ވަނީ 1-2 އިން ބަލިވެފަ އެވެ. ސެންޓްރަލް ރީޖަން ލީގަށް ކޮލިފައިވުމަށް ކުޅުނު ބުރުގައި މި ދެ ޓީމު ވަނީ އެއް ފަހަރު ވާދަކޮށްފަ އެވެ. ކޮލިފިކޭޝަން ބުރުގެ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށްފައިވަނީ ކުޑަހުވަދޫ އެވެ.

ސެންޓްރަލް ލީގުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި މަހިބަދޫ އެވެ. މިއަދުގެ މެޗު ހުރާގައި ކުޅޭއިރު މި ދެ ޓީމު މަހިބަދޫގައި ކުޅުނު މެޗު 2-3 އިން ކާމިޔާބުކޮށްފައިވަނީ މަހިބަދޫ އެވެ. ސެންޓްރަލް ރީޖަން ކޮލިފިކޭޝަންގައިވެސް މި ދެ ޓީމު ދެ ފަހަރު ވަނީ ބައްދަލުކޮށްފަ އެވެ. ކޮލިފިކޭޝަން ބުރުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗާއި، ފައިނަލްގައި ބައްދަލުކޮށް ކުޅުނު މެޗުވެސް ކާމިޔާބުކޮށްފައިވަނީ ހުރާ އެވެ.

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings