Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ކިންގްސް ކަޕްގެ ގުރު ނަގައިފި، ރޯޑާއި، އެސްޓީއޯ އެއް ގްރޫޕަކަށް
ކިންގްސް ކަޕްގެ ގުރު ނަގައިފި، ރޯޑާއި، އެސްޓީއޯ އެއް ގްރޫޕަކަށް
ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިންގްސް ކަޕްގެ ގުރު ނަގައިފި، ރޯޑާއި، އެސްޓީއޯ އެއް ގްރޫޕަކަށް

ފަހުމިނެޓް
ފަހުމިނެޓް
21 ގަޑިއިރު ކުރިން 18 މެއި 2026

ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންސް ލީގުގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ކިންގްސް ކަޕްގެ މިއަހަރުގެ މުބާރާތުގެ ގުރު ރޭ ނެގިއިރު މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސްގެ ފައިނަލްގައި ކުޅުނު ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި، އެސްޓީއޯ ރެކްރިއޭޝަން ކްލަބް އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ކްލަބް މޯލްޑިވްސް އިން މިއަހަރު ކުރިއަށްގެންދާ ފުޓްސަލް ސީޒަންގައި އެންމެ ފުރަތަމަ ބާއްވާ ދެ މުބާރާތް ކަމަށްވާ ކިންގްސް ކަޕާއި، ކިޑްސަލްގެ ގުރު ނެގުން އެޗްޑީސީގެ އެގްޒިބިޝަން ހޯލްގައި ރޭ ކުރިއަށްގެންސްފައިވާ އިރު ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ރަނަރަޕް އެސްޓީއޯ އާރްސީ ހިމެނުނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕްގައި ދެން ހިމެނުނު ދެ ޓީމަކީ މިދިޔަ އަހަރު މުޅިން އަލަށް ކްލަބް މޯލްޑިވްސްއިން ފެށި ސެކްޓާ ލީގުގެ ރަނަރަޕް ހޯކްސް އާއި ފުވައްމުލަކު ސިޓީ ކައުންސިލުން އެންމެ ފަހުން ބޭއްވި ފުޓްސަލް މުބާރާތް ކާމިޔާބުކުރި ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑެވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އެވެ.

ޖުމްލަ 12 ޓީމު ބައިވެރިވާ ކިންގްސް ކަޕް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމު ހިމެނޭ އިރު ގްރޫޕް އޭ ގައި އޮތީ ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން އާއި ތިލަ އުތުރު ފުޓްސަލް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އުތީމު އެފްސީގެ އިތުރުން އޮފީސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް ކްލަބް އެމްޓީސީސީ އާއި އޭދަފުށީ ފުޓްސަލް ކަޕްގެ އެންމެ ފަހުގެ ރަނަރަޕް އެއިޓީފޯ އެފްސީ އެވެ.

ގްރޫޕް ސީގައި އޮތީ ރިސޯޓް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް އާއި މި މަހުގެ ކުރީ ކޮޅު ނިމުނު އެމްޖޭއެސް ރާބަދި ޗެލްންޖުގެ ޗެމްޕިއަން ކޯރާ ކޯރާ މޯލްޑިވްސްގެ އިތުރުން ކްލަބް މޯލްޑިވްސް ކްލަސިކްގެ އެންމެ ފަހުގެ ރަނަރަޕް ކްލަބް ބިނާރާ އާއި އޮފީސް ލީގުގެ ޗެމްޕިއަން ސްޓެލްކޯ ރިކްރިއޭޝަން ކްލަބެވެ.

ކިންގްސް ކަޕްގެ ގްރޫޕުތައް ބެހިފައިވާގޮތް. ފޮޓޯ: ކްލަބް މޯލްޑިވްސް
ކިންގްސް ކަޕްގެ ގްރޫޕުތައް ބެހިފައިވާގޮތް. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިންގްސް ކަޕް މި މަހުގެ 22 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފއިވާއިރު މުބާރާތުގެ ގްރޫޕް ސްޓޭގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމާއި، ކޮންމެ ގްރޫޕަކުންވެސް ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ކުއާޓާ ފައިނަލްގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

އެކަޑަމީތަކަށް ހުޅުވާލައިގެން މުޅިން އަލަށް ކްލަބް މޯލްޑިބވްސް އިން މިއަހަރު ފަށާ ކިޑްސަލް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވެ އެވެ. މުބާރާތް ކުރިއަށްގެންދަން ރާވާފައިވަނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މުޅިން އަލަށް ފަށާ ކިޑްސަލްގެ ގްރޫޕުތައް ބެހިފައިވާ ގޮތް. ފޮޓޯ: ކްލަބް މޯލްޑިވްސް
މުޅިން އަލަށް ފަށާ ކިޑްސަލްގެ ގްރޫޕުތައް ބެހިފައިވާ ގޮތް. ފޮޓޯ: ކްލަބް މޯލްޑިވްސް

ގްރޫޕް ސްޓޭޖުގައި ލީގު އުސޫލުން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ވާދަކުރާނީ ކުއާޓާ ފައިނަލްގަ އެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސާފައިވާ ކިޑްސަލް މުބާރާތުގައި ހިމެނޭ ދެ ގްރޫޕްގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނެނީ ސްޓާސް އެކަޑަމީ، ބީޖީ ސްޕޯޓްސް ކްލަބް، ވިލިމާލެ ޔުނައިޓެޑް، އެލީޓް އެކަޑަމީ އަދި ކްލަބް ވެލެންސިއާ އެވެ. ގްރޫޕް ބީގައި ހިމެނޭ ފަސް ޓީމަކީ ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކްލަބް، ބިސްބުރު ސްޕޯޓްސް ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެސްޕަޔާ އެކަޑަމީ އަދި އެޑްވެންޗާ އެކަޑަމީ އެވެ.

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި މިފަހަރު ހަތް މުބާރާތެއް ކުރިއަށްގެންދަން ހަމަޖައްސާފައިވާއިރު ފުޓްސަލް ސީޒަން ތިން މަސް ދުވަހަށް ދިގު ދެމިގެންދާނެ އެވެ.

 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings