Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ ފައިނަލަށް، މާފަރުން ދެއްކީ ގަދަ ހިތްވަރު
މާޒިޔާ ފައިނަލަށް، މާފަރުން ދެއްކީ ގަދަ ހިތްވަރު
ގޯލު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ. އެޓީމު ވަނީ މެންގްރޫވް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފަ. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

މާޒިޔާ ފައިނަލަށް، މާފަރުން ދެއްކީ ގަދަ ހިތްވަރު

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 27 އެޕްރީލް 2026

ދި މެންގްރޫވް ޗެމްޕިއަންޝިޕްގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު 2-3 އިން އެފްސީ މާފަރު ބަލިކޮށް މާޒިޔާ ޖޫނިއާސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ. 

މާޒިޔާ ފައިނަލުގައި ވާދަކުރަން ޖެހޭނީ މިރޭ ނައިފަރު ޗެލްސީ އާއި ޖިބިއްލީ ސްޕޯޓްސް ކްލަބް ވާދަކޮށްގެން މޮޅުވާ ޓީމަކާ އެވެ. 

މިއަދުގެ މެޗަށް މާޒިޔާ ނުކުތީ އެޓީމުގައި ހިމެނީ ގައުމީ ޓީމުގެ ކުޅުންތެރިން ނުލަ އެވެ. އެ ކުޅުންތެރިން މިހާރު ވަނީ މާލޭގައި ކުރިއަށްދާ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. 

މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ މާފަރުންނެވެ. މި ގޯލު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމް (ޕީކޭ) އެވެ. މާފަރުން ލީޑު ނަގާފައިވަނިކޮށް ފުރަތަމަ ހާފު ގެ އިތުރު ވަގުތުގައި މާޒިޔާ އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި އެޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. 

މާޒިޔާގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖެހީ އައިދު މުހައްމަދު ޖަވާޒް އެވެ. އޭގެ މިނެޓެއް ފަހުން އެޓީމަށް ލީޑު ނަގައިދިނީ މުހައްމަދު އައިހަމް އަންވަރު އެވެ. 

ދެ ވަނަ ހާފުގައި މާޒިޔާ އަށް ލީޑު ފުޅާކޮށްދިނީ 79 ވަނަ މިނެޓުގައި ސަމްދޫހު މުހައްމަދެވެ. އޭގެފަހުން މެޗުގެ 86 ވަނަ މިނެޓުގައި އިބްރާހީމް ޒަކަރިއްޔާ ވަނީ ގޯލެއް ޖަހައި މާފަރަށް ފަރަގު ކުޑަކޮށްދީފަ އެވެ. 

https://fahuminet.com/tournaments/the-mangrove-island-championship-2026

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މާފަރުގެ ނިޒާމް ގޯލަށް ވައްދާލި ބޯޅައެއް އޮފްސައިޑް ވުމުން ވަނީ ކެންސަލްކޮށްފަ އެވެ. ލައިންސްމަންގެ މި ނިންމުމަށް މާފަރުގެ ބެންޗުންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. 

ސެމީ ފައިނަލުގައި ނައިފަރު ޗެލްސީ އާއި ޖިބިއްލީ ސްޕޯޓްސް ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 30 ވަނަ ދުވަހުގެ ރެ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
Upcoming
Settings