Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޒުވާން އައިދު ދި މެންގްރޫވް ލަނޑު ލިސްޓުގެ އެންމެ ކުރީގައި
ޒުވާން އައިދު ދި މެންގްރޫވް ލަނޑު ލިސްޓުގެ އެންމެ ކުރީގައި
އައިދު ޒުވާން ގައުމީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި. މެންގްރޫވް ޗެމްޕިއަންޝިޕްގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ ޒުވާން އައިދު.

ޒުވާން އައިދު ދި މެންގްރޫވް ލަނޑު ލިސްޓުގެ އެންމެ ކުރީގައި

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން 30 އެޕްރީލް 2026

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ މާޒިޔާ ޖޫނިއާސް އާއި ނައިފަރު ޗެލްސީ ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މި މުބާރާތް ފާހަގަވެފައިވަނީ ގިނަ ގޯލްތަކެއް ފެނުނު މުބާރާތެއްގެ ގޮތުގަ އެވެ.

ހަތް ޓީމަކުން ވާދަކުރި މި މުބާރާތުގައި މިހާތަނަށް 59 ގޯލު ފެނިފައިވާއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތީ އދ. މަހިބަދޫ އަށް އުފަން، މާޒިޔާ ޖޫނިއާސްގެ ޒުވާން ފޯވާޑް އައިދު މުހައްމަދު ޖަވީޒެވެ.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިހާތަނަށް އައިދު 6 ގޯލް ޖަހާފައިވާއިރު އޭނާއާ އެންމެ ގާތުން ލިސްޓުގެ ދެ ވަނައިގައި 5 ގޯލާއެކު އޮތީ އަލީ ފާސިރު (ސެންޓޭ) އެވެ. އެކަމަކު ސެންޓޭ މި މުބާރާތުގައި ކުޅުނު ޖިބިއްލީ ސްޕޯޓްސް ކްލަބަށް މުބާރާތުގައި އިތުރު މެޗެއް ކުޅެން ނެތުމާއެކު ލަނޑު ލިސްޓުގައި އިތުރަށް ކުރިއެރުމުގެ ފުރުސަތު ސެންޓޭއަށް ވަނީ ބަންދުވެފަ އެވެ.

މިރޭ ކުޅޭ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އައިދުއާ ދެން އެންމެ ގާތުގައި އުޅެނީ ނައިފަރު ޗެލްސީގެ ތިން ކުޅުންތެރިން ކަމަށްވާ އަލްހާޖީ ގޭރޯ އާއި އިބްރާހިމް ލެބީ އަދި މުހައްމަދު ނާއިމްގެ އިތުރުން އައިދުއާ އެކު މާޒިޔާ ޖޫނިއާސްއަށް ކުޅެމުން އަންނަ ނައްސާހް އިބްރާހިމް ނާސިރެވެ. އެކަމަކު މިއިން ކޮންމެ ކުޅުންތެރިއަކުވެސް އުޅެނީ އައިދުއަށް ވުރެ ތިން ގޯލް ފަހަތުގަ އެވެ.

މިދިޔަ އަހަރު އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އައިދު ވަނީ ހަމަ އެ އަހަރު ކުރީ ކޮޅު އޮތް ޔޫތު ލީގުގައި 14 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ.

ޔޫތު ލީގުގައި ކްލަބް ވެލެންސިއާއަށް ކުޅެ މުބާރާތުގެ ތަށި ހޯދައިދިނުމަށް ފަހު މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި އައިދު ފެނުނީ ކްލަބު ވެލެންސިއާގެ ސީނިއާ ޓީމުންނެވެ. އެ މުބާރާތުގައި ވެލެންސިއާ އަށް ނުވަ މެޗު ކުޅެ ދެ ގޯލް ކާމިޔާބުކޮށްދީފައިވާއިރު ވެލެންސިއާގެ ކޯޗަކަށް ހުރި އިސްމާއިލް އާސިފް (ކުޑަ ހީނާ) އައިދު ސިފަކޮށްފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ އަހްމަދު ތޯރިގު (ޓޮމް) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) ގެ މިކްސްއެއްގެ ގޮތުގަ އެވެ.

ހީނާ ބުނެފައިވާ ގޮތުގަ އެވެ. ޓޮމްއަކީ ނެޗުރަލް ޓެލެންޓެއް ކަމަށްވެފައި އަސައްކޮއަކީ ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއަކަށްވާއިރު އައިދުގެ ކިބައިގައި އެ ދެ ސިފަ ވެސް އެބަހުރި ކަމަށް ކުޑަ ހީނާ ކުރިން ވަނީ ބުނެފަ އެވެ. އައިދު މާޒިޔާއާއެކު ނައިފަރު ޗެލްސީއާ ދެކޮޅަށް މާދަމާ ރޭ ނުކުންނައިރު ނައިފަރު ޗެލްސީއަށް އިރުޝާދުދޭން ހުންނާނީ ކުޑަ ހީނާ އެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

މެންގްރޫވް ޗެމްޕިއަންޝިޕްގައި އައިދު ވައްދާލި 6 ގޯލްގެ ތެރެއިން ހަތަރު ގޯލަކީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބު ކޮޅަށް ވައްދާލި ހަތަރު ގޯލެވެ. އަނެއް ދެ ގޯލަކީ ފުރަތަމަ މެޗުގައި އަމިއްލަ ރަށަށް ނިސްބަތްވާ ޖިބިއްލީ ކޮޅަށް ވައްދާލި ގޯލާއި ސެމީ ފައިނަލް މެޗުގައި މާފަރު ކޮޅަށް ޖެހި ގޯލެވެ. އައިދު ވަނީ މި މުބާރާތުގައި އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.    

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ނައިފަރު ޗެލްސީ އާއި މާޒިޔާ ޖޫނިއާސް ވާދަކުރާ މެޗު ފަށާނީ މިރޭ 8:45 ގަ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
Upcoming
Settings