Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ނައިފަރު ޗެލްސީން މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ނައިފަރު ޗެލްސީން މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ނައިފަރު ޗެލްސީން ފައިނަލުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ނައިފަރު ޗެލްސީން މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 1 މެއި 2026

ޅ. ނައިފަރު ޗެލްސީން، ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި އެވެ. 

ނ. ކެނދިކުޅުދޫގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ނައިފަރު ޗެލްސީން ހޯދީ ރޭ ކުޅުނު ފައިނަލުގައި 2-1 އިން މާޒިޔާ ޖޫނިއާސް ބަލިކޮށްގެންނެވެ. 

މިއީ ނައިފަރު ޗެލްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ ދެ އަހަރު ވެސް އެޓީމު ވަނީ ފައިނަލުން ބަލިވެފަ އެވެ. 

ސީނިއާ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމާ ގުޅިގެން މާޒިޔާ ޖޫނިއާސްގެ މުހިއްމު ކުޅުންތެރިން މި މެޗުގައި ނުކުޅެ އެވެ. އެކަމަކު އެޓީމުގެ ޒުވާން ކުޅުންތެރިންނާ އެކު އެކުލަވާލާފައި އޮތީ ރަނގަޅު ޓީމެކެވެ. 

ނައިފަރު ޗެލްސީ އަކީ އެންމެ ވަރުގަދަކޮށް މުބާރާތަށް ތައްޔާރުވި ޓީމެވެ. އެޓީމުގައި ބިދޭސީ ގިނަ ކުޅުންތެރިންތަކެއް ހިމެނުނުއިރު، ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ކުޅުންތެރިން ވެސް ހިމެނި އެވެ. 

މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ މާޒިޔާ އިންނެވެ. މި ގޯލު 67 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. 

މާޒިޔާ ޖޫނިއާސް މޮޅުވާން ދަނިކޮށް ނައިފަރު ޗެލްސީން ނަތީޖާ އަނބުރާލީ މެޗުގެ ފަހުކޮޅު އެވެ. އެޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ އެވެ. ގެރޯ ފުރަތަމަ ގޯލު 81 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގަ އެވެ. 

https://www.facebook.com/permalink.php?story_fbid=pfbid07PKv2L9mQsB6dZCnP9R99KfkSEbGJ7fLqcSDQy2C7Y9Ly5EMJLjn6BAb3HntyZ4yl&id=100063260795783&__cft__[0]=AZZGUeAHPuagQOky9wZ3KQ3JCW6qKyn7t0Njov6ObC2PkyWGKzErjRN3bBJpQSh-vbnZMYTxIF14yFxJOv00skzPV9qRBKb2S0qfxASo6JWRJcdVx6bYcnTY6GvXTRNqUiA6Sc100jf8ioVHnsUdarYOuRJcQTILI3kEkeSBoetHeBzsdSMmxckuUDikzCma1hALwIfPuRiH8_iFTAguVvesReSL5MD98jf8OZO0LqeIEw&__tn__=%2CO%2CP-R

ގާތްގާތުގައި ދެ ގޯލު ޖަހައި ތަށި ކަވަށަރުކުރެވުމާ އެކު ކެނދިކުޅުދޫގައި ތިބި ނައިފަރު ޗެލްސީގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. 

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ނައިފަރު ޗެލްސީގެ ބިދޭސީ ގޯލްކީޕަރު ސާގިބް ހަނީފެވެ. މުބާރާތުގައި ސާގިބް ކޮޅަށް ވަނީ އެންމެ ގޯލެކެވެ. އެއީ ފައިނަލުގައި މާޒިޔާ ޖޫނިއާސް އިން ޖެހި ގޯލެވެ. 

އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ނައިފަރު ޗެލްސީގެ ހެޑް ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. 

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާ ޖޫނިއާސްގެ އައިދު މުހައްމަދު ޖަވީޒް އެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިފަރު ޗެލްސީގެ ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ އެވެ. އޭނާ ވަނީ ނައިފަރު ޗެލްސީން ޗެމްޕިއަންކަން ހޯދި ދަތުރުގައި މުހިއްމު ގޯލުތަކެއް ޖަހައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

މުބާރާތުގެ ރަނަރަޕް ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. އަދި، ޗެމްޕިއަން ޓީމަށް ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. 

https://fahuminet.com/tournaments/the-mangrove-island-championship-2026

ފައިނަލް މެޗު ފެށުމުގެ ކުރިން ކުލަގަދަ ހަރަކާތްތަކާ އެކު ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފަ އެވެ. އަދި، މެޗަށް ފަހު އިނާމު ދިނުމުގެ ރަސްމިޔާތުން ވެސް މުބާރާތުގެ ފުރިހަމަކަން ވަނީ ފެނިގެންގޮސްފަ އެވެ. 

ކެނދިކުޅުދޫގައި މިއަހަރު ބޭއްވި މެންގްރޫވް ޗެމްޕިއަންޝިޕަކީ އަތޮޅުތެރޭގެ ރަށެއްގައި މި ފަހަކަށް އައިސް ބޭއްވި އެންމެ ފުރިހަމަ މުބާރާތެވެ. މުބާރާތުގައި ހަތް ޓީމަކުން ވާދަކުރިއިރު، ހަ ޓީމަކީ ރަށުން ބޭރު ޓީމުތަކެވެ. 

ކޮމެންޓްސް

Matches
7
Ongoing
Upcoming
Settings