Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ގްރޫޕުން ޖިބިއްލީ ސެމީ އަށް، އެކަމަކު ލިބުނީ ދެވަނަ
ވާދަވެރި ގްރޫޕުން ޖިބިއްލީ ސެމީ އަށް، އެކަމަކު ލިބުނީ ދެވަނަ
ޖިބިއްލީ ސްޕޯޓްސްގެ މިދުހަތު ބޯޅަ ހިފައިގެން. ޖިބިއްލީ އަށް ލިބުނީ ގްރޫޕްގެ ދެ ވަނަ. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ވާދަވެރި ގްރޫޕުން ޖިބިއްލީ ސެމީ އަށް، އެކަމަކު ލިބުނީ ދެވަނަ

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 26 އެޕްރީލް 2026

ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާ ކުޅުނު މެޗު 1-1 އިން އެއްވަރުވެ މަހިބަދޫގެ ޖިބިއްލީ ސްޕޯޓްސް ކްލަބް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޖިބިއްލީ ސްޕޯޓްސް އިންނެވެ. މި ގޯލު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޝްހޫރު ފުޓްބޯޅަ ތަރި އަލީ ފާސިރު (ސެންޓޭ) އެވެ. 

އެއްވަރުކުރަން އަލިފުށިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ 15 ވަނަ މިނެޓުގަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ގާނިއު އަޓަންޑާ އެވެ. 

އަލިފުއްޓަށް ސެމީ ފައިނަލަށް ދެވެން އޮތީ ޖިބިއްލީ ބަލިކޮށްގެންނެވެ. އެހެންވެ މެޗުގެ ފަހުވަގުތު އިތުރު ގޯލެއް ޖެހޭތޯ އަލިފުށިން ވަރަށް މަސައްކަތްކުރި އެވެ. 

ޖިބިއްލީ ސްޕޯޓްސް އާއި އަލިފުށި އެއްވަރުވި މެޗުގައި ދަގަނޑޭ ބޯޅަ ހިފައިގެން. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
ޖިބިއްލީ ސްޕޯޓްސް އާއި އަލިފުށި އެއްވަރުވި މެޗުގައި ދަގަނޑޭ ބޯޅަ ހިފައިގެން. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ގްރޫޕް އޭގައި ކުޅުނު މާޒިޔާ އާއި ޖިބިއްލީ އަދި އަލިފުއްޓަށް ވެސް ލިބުނީ ފަސް ޕޮއިންޓެވެ. މާޒިޔާ އަށް ފައިދާ 13 ގޯލު ލިބުނުއިރު އަލިފުއްޓަށް ލިބުނީ ފައިދާ 9 ގޯލެވެ. އަލިފުއްޓަށް ލިބުނީ ފައިދާ 3 ގޯލެވެ. 

ތިން ވަނަ ލިބުމާ އެކު ހިތްވަރާއެކު މުބާރާތުގައި ކުރިއަށްދިޔަ އަލިފުށި ވަނީ ކަޓައިފަ އެވެ. އަލިފުށީގެ އިތުރުން އެ ގްރޫޕުގެ ފުލަށް ދިޔަ ކެނދިކުޅުދޫ ވެސް ކެޓީ އެވެ. 

ގްރޫޕް ބީ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ނައިފަރު ޗެލްސީ އާއި އެފްސީ މާފަރެވެ. 

https://fahuminet.com/tournaments/the-mangrove-island-championship-2026

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އޭޕްރީލް 27 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއް ވަނަ ހޯދި މާޒިޔާ ޖޫނިއާސް އާއި ގްރޫޕް ބީގެ ދެ ވަނަ ހޯދި އެފްސީ މާފަރެވެ. 

ސެމީގެ ދެ ވަނަ މެޗުގައި އެރޭ ޖިބިއްލި ވާދަކުރަން ޖެހެނީ ގްރޫޕް ބީގެ އެއް ވަނަ ހޯދި ނައިފަރު ޗެލްސީއާ އެވެ. 

މުބާރާތުގެ ފައިނަލް މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
9
Ongoing
Upcoming
Settings