Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ބަލިވިޔަސް މާފަރުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި
ބަލިވިޔަސް މާފަރުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި
މާފަރު ކޮޅަށް ގޯލު ޖެހުމަށް ފަހު ނައިފަރު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ. އެޓީމާ އެކު ސެމީގެ ޖާގަ ޔަގީންކުރީ މާފަރުން. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ބަލިވިޔަސް މާފަރުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 25 އެޕްރީލް 2026

ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026 ގައި ރޭ ނައިފަރު ޗެލްސީ އަތުން ބަލިވިޔަސް އެފްސީ މާފަރުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ. 

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ނައިފަރު ޗެލްސީއާ ވާދަކުރި މެޗުން މާފަރު ބަލިވީ 3-0 އިންނެވެ. 

މެޗުގައި މާފަރު ކޮޅަށް ނައިފަރު ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލްހާޖީ ގެރޯ އާއި މުހައްމަދު ނާއިމް އަދި އިބްރާހީމް ލެބީ އެވެ. ފުރަތަމަ ހާފު އެއް ގޯލު ޖެހިއިރު އަނެއް ދެ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. 

ތިން ޓީމު ހިމެނޭ ގްރޫޕް ބީގެ އެއް ވަނަ ނައިފަރު ޗެލްސީން ހޯދީ ދެ މެޗުން ވެސް މޮޅުވެގެންނެވެ. ދެ ވަނަ ލިބުނު މާފަރާއި ތިން ވަނަ ލިބުނު މަނަދޫ ސްޕޯޓްސް ކްލަބް އޮތީ އެއް ޕޮއިންޓުގަ އެވެ. 

މާފަރަށް ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް ޔަގީންވީ މަނަދޫ އަށް ވުރެ ގެއްލުން ގޯލު މަދުވުމުންނެވެ. މަނަދޫ ގެއްލުން ހަތް ގޯލުގައި އޮތްއިރު މާފަރު އޮތީ ގެއްލުން ދެ ގޯލުގަ އެވެ. 

ގްރޫޕް އޭގެ ފަހު މެޗުތައް މިއަދު ކުޅޭނެ އެވެ. އެ ގްރޫޕުގެ އެއް ވަނައިގައި އޮތް ޖިބިއްލީ ސްޕޯޓްސް ކްލަބާއި ދެ ވަނައިގައި އޮތް އަލިފުށި ރެކްރިއޭޝަން ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި މާޒިޔާ ޖޫނިއާސް ދެ ޕޮއިންޓާއެކު އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ވަނީ މުބާރާތުން ކަޓައިފަ އެވެ. 

https://fahuminet.com/tournaments/the-mangrove-island-championship-2026

މެންގްރޫވް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކެނދިކުޅުދޫ އާއި މާޒިޔާ ޖޫނިއާސް އެވެ. މިރޭ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަލިފުއްޓާއި ޖިބިއްލީ އެވެ. 

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޭޕްރީލް 27 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
9
Ongoing
Upcoming
Settings