Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅުވުން މަޖުބޫރު މެޗަކަށް ކުޅުދުއްފުށި މިއަދު ހަނިމާދޫއާ ދެކޮޅަށް
މޮޅުވުން މަޖުބޫރު މެޗަކަށް ކުޅުދުއްފުށި މިއަދު ހަނިމާދޫއާ ދެކޮޅަށް
ކުޅުދުއްފުއްޓާއި ދިއްދޫ ވާދަކުރި މެޗުގެ ތެރެއިން. ޒޯން ބުރުގައި މިއަދު ހަނިމާދޫ އާއި ކުޅުދުއްފުށި ވާދަކުރާނެ. ފޮޓޯ: ދިއްދޫ ސްޕޯޓްސް

މޮޅުވުން މަޖުބޫރު މެޗަކަށް ކުޅުދުއްފުށި މިއަދު ހަނިމާދޫއާ ދެކޮޅަށް

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 23 އެޕްރީލް 2026

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ އުއްމީދުގައި އޮތް ކުޅުދުއްފުށި ސިޓީ މިއަދު އުތުރުގެ ޒޯން އެކެއްގެ ގްރޫޕް ސްޓޭޖުގައި ހަނިމާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ. 

މި ގްރޫޕުގައި ދެން ހިމެނެނީ މުބާރާތުގެ މެޗުތައް ކުޅޭ ހއ. ދިއްދޫ އެވެ. ޒޯނުގެ ފުރަތަމަ މެޗުގައި ދިއްދޫއާ ވާދަކޮށް ކުޅުދުއްފުށި ވަނީ 1-4 އިން ބަލިވެފަ އެވެ. 

މިއަދު ހަނިމާދޫއާ ދެކޮޅަށް ކުޅޭ މެޗަކީ ކުޅުދުއްފުއްޓަށް މޮޅުވާން މަޖުބޫރު މެޗެކެވެ. މިވަގުތު ދިއްދޫ އެއް ވަނައިގައި އޮތްއިރު ހަނިމާދޫގެ މިއީ ފުރަތަމަ މެޗެވެ. އެހެންވެ، ކުޅުދުއްފުއްޓަށް މި މެޗުން މޮޅެއް ނުލިބިއްޖެ ނަމަ ހަނިމާދޫއިން ދިއްދޫއާ އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. 

ކުޅުދުއްފުއްޓާއި ދިއްދޫ ވާދަކުރި މެޗުގެ ތެރެއިން. ކުޅުދުއްފުށިން މިއަދު ހަނިމާދޫ ބަލިކުރަން މަޖުބޫރު ވާނެ. ފޮޓޯ: ދިއްދޫ ސްޕޯޓްސް
ކުޅުދުއްފުއްޓާއި ދިއްދޫ ވާދަކުރި މެޗުގެ ތެރެއިން. ކުޅުދުއްފުށިން މިއަދު ހަނިމާދޫ ބަލިކުރަން މަޖުބޫރު ވާނެ. ފޮޓޯ: ދިއްދޫ ސްޕޯޓްސް

މި ޒޯނުން ވެސް ފައިނަލަށް ދާ ދެ ޓީމަށް އުތުރުގެ ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އުތުރުގެ ޒޯން ދެއަކުން ކޮލިފައިވެފައިވަނީ އޭދަފުއްޓާއި މަނަދޫ އެވެ. 

ކުޅުދުއްފުށިން ވަނީ އަތޮޅު ބުރުގައި ހަނިމާދޫއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ހަނިމާދޫގެ ދަނޑުގައި ކުޅުނު މެޗުން 3-1 އިން މޮޅުވިއިރު ކުޅުދުއްފުށީގައި ކުޅުނު މެޗުން މޮޅުވީ 2-3 އިންނެވެ. 

އުތުރު ޒޯން އެކެއްގެ ފައިނަލް މެޗު އޮންނާނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. 

https://fahuminet.com/tournaments/bml-north-region-league-qualifiers-zone-1

މުޅި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒޯން ބުރުތައް ކުރިއަށްދާއިރު، ޓީމުތަކުން މަސައްކަތްކުރަމުން އަންނަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދާށެވެ. 

ޒޯންތަކުގެ ޗެމްޕިއަނުންނާއި ރަނަރަޕް ވާދަކުރާނީ ސަރަހައްދުގެ ފައިނަލް ބުރުގަ އެވެ. އެއިން ކޮންމެ ސަރަހައްދަކުން ޗެމްޕިއަންކަން ހޯދާ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ވާދަކުރާނެ އެވެ. 

ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގެ ތެރެއިން ހަތަރު ޓީމަކަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިގެންދާނެ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Settings