Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ދިއްދޫ އާއި ކުޅުދުއްފުށީގެ މެޗުން އެންމެ އުތުރުގެ ލީގު ކޮލިފައިން މިއަދު ފަށަނީ
ދިއްދޫ އާއި ކުޅުދުއްފުށީގެ މެޗުން އެންމެ އުތުރުގެ ލީގު ކޮލިފައިން މިއަދު ފަށަނީ
އިހަވަންދޫ ބަލިކޮށް ދިއްދޫ އިން ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުން. މިއަދު އެރަށުގައި ޒޯން ބުރުގެ ކުޅުން ފަށާނެ. ފޮޓޯ: ދިއްދޫ ސްޕޯޓްސް

ދިއްދޫ އާއި ކުޅުދުއްފުށީގެ މެޗުން އެންމެ އުތުރުގެ ލީގު ކޮލިފައިން މިއަދު ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 21 އެޕްރީލް 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށްގެންދާ ރީޖަން ލީގު ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން އެންމެ އުތުރުގައި ކުޅޭ ކޮލިފިކޭޝަން މެޗުތައް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

ހއ. ދިއްދޫގައި ކުރިއަށްދާ ބީއެމްއެލް ނޯތު ރީޖަން ލީގުގެ ޒޯން އެކެއްގެ ކޮލިފިކޭޝަން ބުރު މިއަދު ފަށާއިރު ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާ ކުޅުދުއްފުށްޓާއި، ދިއްދޫގެ އިތުރުން މި ބުރުގައި ދެން ވާދަކުރަނީ ހަނިމާދޫ އެވެ.

މި ބުރުގައި ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު މެޗެވެ. މި ބުރުގެ ދެވަނަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށްޓާއި ހަނިމާދޫ ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިންވަނަ މެޗުގައި ދިއްދޫ އާއި ހަނިމާދޫ ވާދަކުރާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

https://fahuminet.com/tournaments/bml-north-region-league-qualifiers-zone-1

މި ބުރުން ނޯތު ރީޖަން ލީގަށް ކޮލިފައިވާނީ މި ތިން މެޗުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދައިގެން ފައިނަލްގައި ވާދަކުރާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

އެފްއޭއެމުން ކުރިއަށްގެންދާ ކޮލިފިކޭޝަން ނިމޭއިރު އަތޮޅުތަކުން ޓީމުތަކަށް ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުސަތު ލިބޭނެ އެވެ. މިހާރު ކުރިއަށްދަނީ މުޅި ރާއްޖޭގެ ހަތަރު ޒޯންގެ އިތުރުން މާލެ ސަރަހައްދުގެ މެޗުތަކެވެ. އެގޮތުން މާލޭގައި އާއްމުކޮށް ބާއްވާ ދެ ވަނަ ޑިވިޝަން މުބާރާތަކީ މާލެ ރީޖަންގެ މުބާރާތެވެ. 

މިހާރު ކުރިއަށްދާ ކޮލިފިކޭޝަން ބުރުތަކަށް ފަހު ސަރަހައްދުތަކުގެ ޗެމްޕިއަނުންގެ މެދުގައި އިތުރު ބުރެއް ކުޅޭނެ އެވެ. އެ ސަރަހައްދުތަކުގެ ޗެމްޕިއަނުން ވާދަކުރާނީ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައެވެ. 

 

 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Settings