Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ދިރިއޮތުމާއި މަރުގެ މެޗަކަށް، މުލަކާއި ކެޔޮދޫ މިއަދު ނުކުންނަނީ
ދިރިއޮތުމާއި މަރުގެ މެޗަކަށް، މުލަކާއި ކެޔޮދޫ މިއަދު ނުކުންނަނީ
ދ. މީދޫއާ ދެކޮޅަށް ކެޔޮދޫ ކުޅުނު މެޗުގެ ތެރެއިން. ކެޔޮދޫ އާއި މުލައް މިއަދު ނުކުންނާނީ މަރުގެ މެޗަކަށް. ފޮޓޯ: ދ. މީދޫ ކައުންސިލް

ދިރިއޮތުމާއި މަރުގެ މެޗަކަށް، މުލަކާއި ކެޔޮދޫ މިއަދު ނުކުންނަނީ

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 21 އެޕްރީލް 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށްގެންދާ ރީޖަން ލީގު ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން ދ. މީދޫގައި ކުރިއަށްދާ ސެންޓްރަލް ލީގު ކޮލިފިކޭޝަންގައި މިއަދަކީ ބޮޑު ދުވަހެކެވެ.

ޖުމްލަ ހަ ޓީމެއް މި ކޮލިފައިން ބުރުގައި ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތުމާއެކު މެޗުތައް ފެށީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެކަމަކު މި ބުރުގެ މެޗުތައް ފަށަން ތައްޔާރުވެފައި ވަނިކޮށް މ. ވޭވަށުން ނަން އަނބުރާ ނެގުމުން ގްރޫޕް ސްޓޭޖުގެ މެޗުތައް މިވަގުތު ކުރިއަށްދަނީ ހަމައެކަނި ގްރޫޕް އޭ ގައި ހިމެނޭ މީދޫ އާއި، މުލަކުގެ އިތުރުން ކެޔޮދޫ، މި ތިން ރަށުގެ މެދުގަ އެވެ.

ގްރޫޕް އޭ ގައި މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު މީދޫއިން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ހޮވިފަ އެވެ. މި ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު މީދޫއިން  7-2 ގެ ނަތީޖާއަކުން ކެޔޮދޫގެ މައްޗަށް ކުރި ހޯދިއިރު މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މި ގްރޫޕްގެ ދެވަނަ މެޗުގައި މ. މުލަކާ ވާދަކޮށް މީދޫއިން މެޗު ކާމިޔާބުކޮށްފައިވަނީ 0-3 އިންނެވެ.

ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދާ ޓީމެއް ކަށަވަރުވާނީ މިއަދު ހަވީރު މުލަކާއި، ކެޔޮދޫ ވާދަކުރާ މެޗުގެ ނަތީޖާ އަށް ފަހު އެވެ. މި މެޗުން މޮޅުވާ ބަޔަކަށް ސެމީގެ ޖާގަ ކަށަވަރުވާ ގޮތަށް އޮތްއިރު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ ގޯލްގެ ތަފާތުން ސެމީގެ ޖާގަ ލިބޭނީ މުލަކަށެވެ. 

https://fahuminet.com/tournaments/bml-central-region-league-qualifiers-zone-2

މީދޫގައި ކުރިއަށްދާ ކޮލިފިކޭޝަން ބުރުގައި ހިމެނޭ ގްރޫޕް ބީގައި އޮތް ކުޑަހުވަދޫ އާއި ނިލަންދޫ އިން ގްރޫޕްގެ އެއްވަނައަށް އަންނަ ޓީމެއް ކަނޑައެޅުމަށްޓަކައި ކުޅެންޖެހޭ މެޗެއްގައި ވާދަކުރާނީ މާދަމާ އެވެ.

ކޮންމެ ބުރެއްގެ ވެސް ފައިނަލްގައި ކުޅޭ ދެ ޓީމު ދެން ވާދަކުރާނީ އެ ސަރަހެއްދެއްގެ އެންމެ މޮޅުތި ޓީމުތައް ވާދަކުރާ ލީގުގަ އެވެ. މި ބުރުން ހޮވޭ ދެ ޓީމު ސެންޓްރަލް ލީގުގައި ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު ސެންޓްރަލް ލީގުގައި ދެން ކުޅޭނީ މިހާރު މަހިބަދޫގައި ކުރިއަށްދާ ކޮލިފައިން ބުރުގެ ފައިނަލްގައި ކުޅޭ ދެ ޓީމެވެ.

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Settings