Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ރަށު ޓީމު ކޮޅަށް ގޯލު ޖަހައި ސަމޫހުގެ ވަފާތެރިކަން ސާބިތުކޮށްދީފި
ރަށު ޓީމު ކޮޅަށް ގޯލު ޖަހައި ސަމޫހުގެ ވަފާތެރިކަން ސާބިތުކޮށްދީފި
ޖިބިއްލީގެ ސަމޫހް ރޭގެ މެޗުގައި. އެއްވަރުކޮށްދިން ގޯލު ފަހު ވަގުތު ޖަހައިދިނީ ސަމޫހް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ރަށު ޓީމު ކޮޅަށް ގޯލު ޖަހައި ސަމޫހުގެ ވަފާތެރިކަން ސާބިތުކޮށްދީފި

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން 21 އެޕްރީލް 2026

ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އުފަން ރަށު ޓީމާ ދެކޮޅަށް ސަމޫހު އަލީ (ސަމުއްޓެ) ޖެހި ގޯލާ އެކު މެޗު އެއްވަރުވެއްޖެ އެވެ. 

ރޭ ގްރޫޕް އޭގައި މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމާއި އދ. މަހިބަދޫ ޖިބިއްލި ސްޕޯޓްސް ވާދަކުރި މެޗު އެއްވަރުވީ 2-2 އިންނެވެ. 

މަހިބަދޫގެ ޖިބިއްލީގައި ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ. އަނެއްކޮޅުން ސީނިއާ ކުޅުންތެރިން ވެސް ހިމަނައިގެން އެކުލަވާލި މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމުގައި ގައުމީ ޓީމުގެ ކެޕްޓަން އަދި މަހިބަދޫއަށް އުފަން ސަމުއްޓެ ހިމެނެ އެވެ. 

ސަމުއްޓެއަކީ މަހިބަދޫގެ އެންމެ ކާމިޔާބު ޓީމު، ޖިބިއްލީގެ އިސް މެންބަރެކެވެ. މަހިބަދޫގައި އެ ޓީމު ހޯދާ ކާމިޔާބީތަކުގައި ސަމުއްޓެ އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. 

ރޭގެ މެޗުގެ ފުރަތަމަ ދެ ގޯލު ވެސް ޖެހީ ޖިބިއްލި އެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭގެފަހުން ފުރަތަމަ ހާފުގެ ފަހުކޮޅު އެޓީމުގެ ދެ ވަަނަ ގޯލު ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. 

މާޒިޔާއިން މެދުގެ ނަތީޖާ އަނބުރާ މެޗުގެ ފަހު 10 މިނެޓުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އާއިދު މުހައްމަދެވެ. މެޗުން އެޓީމު ބަލިވާން ދަނިކޮށް ސަމުއްޓެ އެޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައި ކޯނަރަކުން ބޮލުން ޖެހި ގޯލުންނެވެ. 

https://fahuminet.com/tournaments/the-mangrove-island-championship-2026

ރަށު ޓީމު ކޮޅަށް ގޯލު ޖެހުމަށް ފަހު ސަމުއްޓެ ވަނީ އިހުތިރާމް އަދާކޮށްފަ އެވެ. މަހިބަދޫން ފުރަތަމަ ޑިވިޝަނަށް ނެރުނު ކުޅުންތެރިންގެ ތެރެއިން ސަމުއްޓެއަކީ ފާހަގަކޮށްލެވޭ މޮޅު ޑިފެންޑަރެކެވެ. 

ރޭގެ މެޗު ފެށުމުގެ ކުރިން ވަނީ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ކުލަގަދަ ހަރަކާތްތަކާ އެކު ބާއްވާފަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ފުރިހަމަކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. 

ކެނދިކުޅުދޫގައި ބާއްވާ ފޯރިގަދަ ފުޓްބޯޅަ މުބާރާތުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. 

މެންގްރޫވް ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ އެއް މެޗެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Settings