Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ބްރައިޓަން އިން ފަހަތުން އައިސް އެފްއޭ ކަޕުން ޗެލްސީ ބޭރުކޮށްފި

ބްރައިޓަން އިން ފަހަތުން އައިސް އެފްއޭ ކަޕުން ޗެލްސީ ބޭރުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
1 އަހަރު ކުރިން 9 ފެބްރުއަރީ 2025

އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ބްރައިޓަން އިން ފަހަތުން އަރައި މޮޅުވެ ޗެލްސީ ކަޓުވާލައިފި އެވެ.

ބްރައިޓަން ދަނޑުގައި ރޭ މެންދަމު ކުޅުނު މެޗުން އެޓީމު މޮޅުވީ 1-2 އިންނެވެ.

މެޗުގެ ފަސް ވަނަ މިނެޓުގައި ޗެލްސީގެ ގޯލު ވަނީ ބްރައިޓަންގެ ގޯލްކީޕަރު ބާޓް ވާބްރަގަން އަތުން ބައިކޮޅަށެވެ.

ބްރައިޓަންގެ މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 12 ވަނަ މިނެޓުގަ އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ރުޓާ އެވެ. ބްރައިޓަން މޮޅުވި ގޯލު 57 ވަނަ މިނެޓުގައި ޖެހީ ކައޮރޫ މިޓޯމާ އެވެ.

ޖަޕާނުގެ މިޓޯމާއަކީ މިދިޔަ ޖަނަވަރީ ޓްރާންސްފާ ބާޒާރުގައި 66.9 މިލިއަން ޑޮލަރަށް ސައުދީ އަރަބިއާގެ އަލް ނަސްރަށް ދާން ލިބުނު ފުރުސަތު ދޫކޮށްލި ކުޅުންތެރިއެކެވެ.

މިޓޯމާ ޖެހި ގޯލުގައި ބްރައިޓަންގެ ތޯރިގު ލަމްޓީގެ އަތުގައި ޖެހުނުކަމަށް ބުނެ ޗެލްސީ އިން އެޕީލްކުރި އެވެ. އެކަމަކު އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ވީއޭއާރުގެ ބޭނުންނުކުރާތީ އިތުރަށް ބަލައިގެން ރެފްރީގެ ނިންމުން ބަދަލެއް ނުކުރެވުނެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގެ މެޗުތަކުން މޮޅުވެ ގަދަ 16 އަށް ދަތުކުރި ބައެއް ޓީމުތަކަކީ، ނިއުކާސަލް ޔުނައިޓެޑް، އިޕްސްވިޗް ޓައުން، ބޯންމައުތު، ބާންލީ، ވައިކޯބް ވޮންޑަރާސް، މެންޗެސްޓާ ސިޓީ، މިލްވޯލް، ފުލަމް އަދި ކާޑިފް ސިޓީ އެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings