ފުރަތަމަ ސަފްޙާ / ޚަބަރު / ހަތަރު ޕެނަލްޓީ މަތަކޮށް ދެކުނު އެފްރިކާގެ ގޯލްކީޕަރު މުޅި ގައުމު ހިނިތުންކޮށްފި

ހަތަރު ޕެނަލްޓީ މަތަކޮށް ދެކުނު އެފްރިކާގެ ގޯލްކީޕަރު މުޅި ގައުމު ހިނިތުންކޮށްފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 4 ފެބްރުއަރީ 2024

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުގައި ރޭ ދެކުނު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް ހަތަރު ޕެނަލްޓީ މަތަކޮށް އެގައުމު ސެމީ ފައިނަލަށް ގެންގޮސްދީފި އެވެ.

ކުއާޓާ ފައިނަލުގައި ރޭ ދެކުނު އެފްރިކާ އިން ކޭޕް ވާޑްއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ދެކުނު އެފްރިކާ ކުރި ހޯދީ 1-2 އިންނެވެ.

ދެކުނު އެފްރިކާ ގަދަ 16 އިން ފުރުސަތު ހޯދީ ގްރޫޕް އީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުން އެޓީމަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ކޭޕް ވާޑް ވަނީ މިސްރާއި ގާނާ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ.

ދެކުނު އެފްރިކާގެ ކެޕްޓަންކަން ކުރަމުން އަންނަ ވިލިއަމްސް ވަނީ ކޭޕް ވާޑް ޓީމުގެ ފުރަތަމަ ތިން ޕެނަލްޓީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ކޭޕް ވާޑްއަށް ވައްދާލެވުނީ އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީ އެވެ. ދެކުނު އެފްރިކާ މެޗުން މޮޅުވީ ކޭޕް ވާޑްގެ ފަހު ޕެނަލްޓީ ވިލިއަމް މަތަކުރުމުންނެވެ.

ދެކުނު އެފްރިކާ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވައްދައެއް ނުލެވުނެވެ. އެކަމަކު ވިލިއަމްސްގެ ހުށިޔާރުކަމާ އެކު އެގައުމު ސެމީ ފައިނަލުން ޖާގަ ހޯދީ އެވެ.

ރޭ ކުޅުނު އަނެއް ސެމީގައި މާލީ 2-1 އިން ބަލިކޮށް އައިވަރީ ކޯސްޓް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ މާލީ އިންނެވެ. އަމިއްލަ ގައުމުގައި ބަލިވާން ދަނިކޮށް އައިވަރީ ކޯސްޓުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު މިނެޓުގަ އެވެ.

މެޗު 1-1 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން އައިވަރީ ކޯސްޓް މޮޅުވީ ފަހު ސިކުންތުގައި ޖެހި ގޯލުންނެވެ. އެ ގޯލު އައިވަރީ ކޯސްޓުން ޖެހީ 120 މިނެޓު ކުޅެވި އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގަ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އެވެ. ބުދަ ދުވަހު ކުޅޭ ފުރަތަމަ ސެމީގައި ރާއްޖެ ގަޑިން 10 ޖަހާއިރު ވާދަކުރާނީ ނައިޖީރިއާ އާއި ދެކުނު އެފްރިކާ އެވެ. ދެ ވަނަ ސެމީގައި އައިވަރީ ކޯސްޓުން ކޮންގޯއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ މެންދަމު ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!