ފުރަތަމަ ސަފްޙާ / ޚަބަރު / ނައިޖީރިއާ އާއި ކޮންގޯ އެފްރިކަން ކަޕް ސެމީ ފައިނަލަށް

ނައިޖީރިއާ އާއި ކޮންގޯ އެފްރިކަން ކަޕް ސެމީ ފައިނަލަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 3 ފެބްރުއަރީ 2024

މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުން ނައިޖީރިއާ އާއި ކޮންގޯ ޖާގަ ހޯދައިފި އެވެ.

އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ނައިޖީރިއާ ވަނީ 0-1 އިން އެންގޯލާ ބަލިކޮށްފަ އެވެ. މެޗުގައި ނައިޖީރިއާގެ ހަމައެކަނި ގޯލު 41 ވަނަ މިނެޓުގައި ޖެހީ އަޑެމޯލާ ލުކްމަން އެވެ.

މުބާރާތް ކާމިޔާބު ކުރާނެކަމަށް ބެލެވޭ މަޝްހޫރު ގިނަ ޓީމުތައް އެފްރިކާ ކަޕުން ކަޓާފައިވާއިރު ނައިޖީރިއާ މިހާރު ހިމެނެނީ ފޭވަރިޓުންގެ ތެރޭގަ އެވެ.

ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި ރޭ ކޮންގޯ މޮޅުވީ ގިނީއާ ވާދަކޮށް 1-3 އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކޮންގޯ މޮޅުވީ 65 ވަނަ މިނެޓާއި 82 ވަނަ މިނެޓުގައި ޖެހި ލަނޑުތަކުންނެވެ.

ކޮންގޯ އަށް ލީޑު ނަގައިދިން ގޯލު ޕެނަލްޓީއަކުން ޖެހީ މިހާރު ބްރެންޓްފޯޑަށް ކުޅެމުން އަންނަ ޔޯން ވިއްސާ އެވެ. އަނެއް ގޯލު ޖެހީ ކުރިން ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު އަރްތޫރް މެސުއާކޫ އެވެ.

ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު ކުޅޭނީ މިއަދު އެވެ. ފުރަތަމަ މެޗުގައި މާލީ ނުކުންނާނީ މުބާރާތް ބާއްވާ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ކުއާޓާގެ ފަހު މެޗުގައި މިރޭ މެންދަމު ވާދަކުރާނީ ކޭޕް ވާޑް އާއި ދެކުނު އެފްރިކާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!