ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް އެއް ވަނަ އަށް އަރައި ޑާބީ މެޗަށް އިތުބާރު ހޯދައިފި

ރެއާލް އެއް ވަނަ އަށް އަރައި ޑާބީ މެޗަށް އިތުބާރު ހޯދައިފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 2 ފެބްރުއަރީ 2024

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި 2-0 އިން ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

މި ސީޒަނުގައި ރެއާލްއާ އެކު ލީގަށް ވާދަކުރަމުން އަންނަނީ ޖިރޯނާ އެވެ. އެކަމަކު ރޭގެ މޮޅާ އެކު ރެއާލް އެއް ވަނަ އަށް އެރީ 57 ޕޮއިންޓާ އެކު އެވެ. ޖިރޯނާ ދެ ވަނައިގައި އޮތީ 55 ޕޮއިންޓާ އެކު އެވެ.

ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.

ރޭގެ މެޗުގައި ރެއާލްގެ ދެ ގޯލު ވެސް ޖެހީ ސްޕެއިންގެ ފޯވާޑް ހޮސެލޫ އެވެ. ފުރަތަމަ ގޯލު ލޫކަސް ވަޒްކޭޒްގެ އެހީގައި 14 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު 56 ވަނަ މިނެޓުގައި ޖެހީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުންނެވެ.

ލީގަށް ވާދަކުރަމުން އަންނަ ޖިރޯނާ ދެ ވަނަ އަށް ވެއްޓުނީ މިދިޔަ މަހު އަލްމީރިއާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވުމުންނެވެ. އޭގެފަހުން ލީގުގައި ސެވިއްޔާ އާއި ސެލްޓަ ވީގޯ އަތުން އެޓީމު މޮޅުވި އެވެ. އެކަމަކު އެ މުއްދަތުގައި ރެއާލް ވަނީ އެޓީމު ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ.

ލީގުގައި ޖިރޯނާ މާދަމާ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް ވާދަކުރާނީ އެތުލެޓިކޯ މެޑްރިޑާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!