ފުރަތަމަ ސަފްޙާ / ޚަބަރު / ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އާއި ޕާކިސްތާން މިއަދު ވާދަކުރަނީ
ފަހުމިނެޓް

ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އާއި ޕާކިސްތާން މިއަދު ވާދަކުރަނީ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 14 އޮކްޓޫބަރު 2023

އިންޑިއާ ގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އާއި ޕާކިސްތާނު މިއަދު ވާދަކުރާނެ އެވެ. މިއީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި މުބާރާތުގައި ކުޅޭނެ އެންމެ ފޯރިގަދަ މެޗެވެ.

ސިޔާސީ ގޮތުން މި ސަރަހައްދުގެ އެންމެ ބޮޑު ދެ ހަތުރުންގެ ގޮތުގައި އެންމެން ވެސް ބަލާ އިންޑިއާ އާއި ޕާކިސްތާނަކީ ކްރިކެޓްގައި ވެސް އެންމެ ވާދަވެރިކަން ބޮޑު ދެ ގައުމެވެ. އެކަމަކު ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު އެ ވާދަވެރިކަން އޮތީ މާ ބޮޑަށްވެސް އެއްކޮޅަށް ބުރަވެފަ އެވެ. މި ދެ ޓީމު އެއްބަޔަކު އަނެއް ބަޔަކާ މީގެ ކުރިން ހަތް ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު އެ ހުރިހާ ކުރިމަތިލުމެއް ވެސް ކާމިޔާބުކޮށްފައި އޮތީ އިންޑިއާ އިންނެވެ.

ޕާކިސްތާނުން ވޯލްޑް ކަޕް ކާމިޔާބުކުރި ހަމަ އެކަނި ފަހަރު ކަމަށްވާ 1992 ވަނަ އަހަރުގެ މުބާރާތުގައި ވެސް އިންޑިއާ އަތްދަށުލެވޭ ގޮތެއް ނުވި އެވެ.

ކުޅިބަލަން 134،000 މީހުންނަށް ތިބެވޭ ގޮތަށް ހަމަޖެހިފައިވާ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި އިންޑިއާ އާއި ޕާކިސްތާނު މިއަދު ވާދަކުރާއިރު މިފަހަރުގެ މުބާރާތުގައި މި ދެޓީމު މިހާތަނަށް ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

ގްރޫޕް ސްޓޭޖްގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ ދެ މެޗުގައި ނެދަލޭންޑްސް އާއި ސްރީ ލަންކާގެ މައްޗަށް ކުރި ހޯދާފައިވާއިރު، އިންޑިއާ އިން ވަނީ އެ ޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި އޮސްޓްރޭލިއާ އާއި އަފްގާނިސްތާނު ބަލިކޮށްފަ އެވެ.

މިއަދުގެ މެޗު ފަށާ ގޮތަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މެންދުރުފަހު 1:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!