Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގައި އެޕެކްސް އާއި ޑޮޓްކޮމް

ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގައި އެޕެކްސް އާއި ޑޮޓްކޮމް

ފަހުމިނެޓް
ފަހުމިނެޓް
4 އަހަރު ކުރިން 6 ޖެނުއަރީ 2022

ނައިފަރުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕް ފައިނަލުގެ ޖާގަތައް ނައިފަރު އެޕެކްސް ސްޕޯޓްސް ކްލަބާއި ޑޮޓްކޮމް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލަށް މި ދެޓީމު ދަތުރުކުރީ ފަސް ޓީމު ވާދަކުރި ލީގު ބުރުގެ އެންމެ ކުރި ހޯދައިގެންނެވެ. އެޕެކްސް އާއި ޑޮޓްކޮމްގެ އިތުރުން މުބާރާތުގައި ވާދަކުރީ ކުރެންދޫ އެފްސީ އާއި އައިޑިއަލް މޫވްމަންޓް އާއި ބަޒޫކާ އެވެ.

image

ލީގު ބުރުން އެންމެ ކުރި ހޯދި ތިން ޓީމަށް ވެސް ނުވަ ޕޮއިންޓް ލިބުނެވެ. ގޯލުގެ ތަފާތުން އެޕެކްސް އަށް އެއް ވަނަ ލިބުނުއިރު ދެ ވަނަ ލިބުނީ ޑޮޓްކޮމް އަށެވެ. އެޕެކްސް އަށް ފައިދާ 19 ގޯލު ލިބުނުއިރު ޑޮޓްކޮމް އަށް ލިބުނީ އަށް ގޯލެވެ. ތިން ވަނަ ލިބުނު ކުރެންދޫ ޓީމަށް ލިބުނީ ފައިދާ ތިން ގޯލެވެ. އެޕެކްސް އެއް ވަނަ ކަށަވަރުކުރީ ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ހަވީރު 14-0 ގެ ބޮޑު ތަފާތަކުން ބަޒޫކާ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ނައިފަރު ޓާފް ފުޓްބޯޅަ ދަނޑުގައި އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings