Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އަށްވަނަ ފަހަރަށްވެސް ޓޮޓެންހަމް ސެމީއިން ކަޓައިފި

އަށްވަނަ ފަހަރަށްވެސް ޓޮޓެންހަމް ސެމީއިން ކަޓައިފި

ފަހުމިނެޓް
ފަހުމިނެޓް
7 އަހަރު ކުރިން 22 އެޕްރީލް 2018

އިނގެރޭސި އެފް.އޭ ކަޕް ސެމީ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން 1-2 އިން ބަލިވެ ޓޮޓެންހަމްއަށް އަނެއްކާވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ. ފާއިތުވެދިޔަ އަށް ސީޒަންގައިވެސް ޓޮޓެންހަމް ވަނީ އެފް.އޭ ކަޕް ސެމީއިން ކަޓާފައެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރީ ޓޮޓެންހަމް އިންނެވެ. މި ލަނޑު މެޗުގެ ކުރީކޮޅު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އެވެ. ޓޮޓެންހަމް ލަނޑުޖެހިތާ 13 މިނިޓް ފަހުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ. ސަންޗޭޒް މި ލަނޑު ކާމިޔާބުކުރީ ޕައުލް ޕޮގްބާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މިމެޗުން ޔުނައިޓެޑު މޮޅުވި ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު އެންޑަ ހެރޭރާ އެވެ.

image

މިއީ އެފް.އޭ ކަޕް ފައިނަލަށް ޔުނައިޓެޑް ދަތުރުކުރި 20 ވަނަ ފަހަރެވެ. އަދި އިނގިރޭސި މުބާރާތްތަކުގެ ފައިނަލުން ޔުނައިޓެޑް ފުރުސަތު ހޯދި 29 ވަނަ ފަހަރެވެ. އަދި މިއީ ޔުނައިޓެޑާ ހަވާލުވުމަށް ފަހު މޮރީނިއޯގެ ތިން ވަނަ ފައިނަލެވެ.

މި މުބާރާތުގެ ދެވަނަ ސެމީގައި މިރޭ ބައްދަލުކުރާނީ ސައުތެމްޓަނާއި ޗެލްސީ އެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ މެއި 19 ގައެވެ.

އިނގެރޭސި އެންމެ ދުވަސްވީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އާސެނަލްއެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings