ފުރަތަމަ ސަފްޙާ / ޚަބަރު / މެޑްރިޑް ޑާބީ އެއްވަރުވެ، ބާސެލޯނާއަށް އެގާރަ ޕޮއިންޓުގެ ލީޑެއް

މެޑްރިޑް ޑާބީ އެއްވަރުވެ، ބާސެލޯނާއަށް އެގާރަ ޕޮއިންޓުގެ ލީޑެއް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 10 އެޕްރީލް 2018

ސްޕެނިޝް ލަލީގާގައި ރިއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑު ބައްދަލު ކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، ބާސެލޯނާއަށް ޓޭބަލްގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.

ރިއާލް މެޑްރިޑުގެ ދަނޑު ސަންތިއާގޯ ބާނެބިއުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވެއެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 53 ވަނަ މިނެޓުގައި ގެރެތު ބޭލް ނަގައިދިން ހުރަސް ގޯލް ތެރެއަށް ފޮނުވާލާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލްއަށް ލީޑު ނަގައިދީފައެވެ. މިއީ ރޮނާލްޑޯ ސްޕެނިޝް ލީގުގައި ޖެހި 23 ވަނަ ގޯލެވެ. އަދި އެންމެ ފަހުން އޭނާ ކުޅުނު 10 މެޗުގައި ޖެހި 20 ވަނަ ގޯލެވެ. ރޮނާލްޑޯ މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން އެތުލެޓިކޯ މެޑްރިޑުގެ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

ރޭގެ މެޗުގެ ކުރިން ބާސެލޯނާއިން ވަނީ ލިއޮނަލް މެސީގެ ހެޓްރިކާއެކު އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ލެގަނޭސްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރި ހޯދައި، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާގެ ފަރަގު 11 ޕޮއިންޓަށް ފުޅާކޮށްފައެވެ.

ރޭގެ މެޗު އެއްވަރުވުމުން 68 ޕޮއިންޓާއެކު އެތުލެޓިކޯ ތާވަލުގެ ދެވަނާގައި އޮތްއިރު، އެސްޕަންޔޯލް ގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައި 65 ޕޮއިންޓާއެކު ވެލެންސިއާ ތާވަލުގެ ތިންވަނައަށް ޖެހިލާފަވާއިރު، ރެއާލް މެޑްރިޑް ވަނީ 64 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައަށް ވެއްޓިފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!