Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޒުވާން ޔަމާލްގެ ތާރީހީ މެޗު ކާމިޔާބުކޮށް ބާސެލޯނާ އިން ބޮޑު ލީޑެއް ނަގައިފި
ޒުވާން ޔަމާލްގެ ތާރީހީ މެޗު ކާމިޔާބުކޮށް ބާސެލޯނާ އިން ބޮޑު ލީޑެއް ނަގައިފި
ބާސެލޯނާ އިން އެތުލެޓިކޯ ބަލިކުރި މެޗުގެ ތެރެއިން

ޒުވާން ޔަމާލްގެ ތާރީހީ މެޗު ކާމިޔާބުކޮށް ބާސެލޯނާ އިން ބޮޑު ލީޑެއް ނަގައިފި

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 12 އެޕްރީލް 2026

އަމިއްލަ ދަނޑުގައި އަވައްޓެރި އެސްޕަންޔޯލް 1-4 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ހޯދުމުގެ ރޭހުގައި އިތުރު ހަރުފަތެއް ކުރިއަށް ޖެހިލައިފި އެވެ. 

ބާސެލޯނާ އިން ރޭ ހޯދި ބޮޑު މޮޅާ އެކު އެއް ވަނައިގައި އެޓީމަށް ވަނީ 9 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. 

ރޭގެ މެޗުގައި ބާސެލޯނާގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ފެރަން ޓޮރޭޒް އެވެ. އަނެއް ދެ ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް އާއި މާކަސް ރަޝްފޯޑެވެ. އެސްޕަންޔޯލްގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ ޕޮލް ލޮޒާނޯ އެވެ. 

ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 70 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 58 ޕޮއިންޓް ހޯދާފައިވާ ވިޔަރެއާލް އެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. 

ޔަމާލް ރޭ ގޯލު ޖެހިއިރު، އޭނާ ވެފައިވަނީ ބާސެލޯނާގެ ޖާޒީގައި 100 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗު ކުޅުނުއިރު ޔަމާލްގެ އުމުރަކީ 18 އަހަރާއި 272 ދުވަހެވެ. 

ލީގުގައި ބާސެލޯނާ އާއި ރެއާލަށް ބާކީ ހަތް މެޗު އޮތްއިރު، ހަމަޖެހިލައިގެން އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. 

ރޭގެ މޮޅަށް ފަހު ބާސެލޯނާގެ ސަމާލުކަން ހުއްޓޭނީ މި ހަފްތާ ރަށުން ބޭރުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގްގެ މެޗަށެވެ.

ފުރަތަމަ ލެގްގައި އަމިއްލަ ދަނޑުގައި ބާސެލޯނާ ވަނީ 0-2 އިން ބަލިވެފަ އެވެ. އެހެންވެ، ދެ ވަނަ މެޗުގައި ބާސެލޯނާ އަށް ތިން ގޯލުގެ ތަފާތަކުން މޮޅުވާން ވަނީ މަޖުބޫރުވެފަ އެވެ. އެހެންނޫނީ އެޓީމު އެންމެ ބޭނުންވާ ޗެމްޕިއަންސް ލީގުގެ ތަށި ނުލިބި އިތުރު ސީޒަނެއް ގުނަން ޖެހޭނެ އެވެ. 

އެންމެ ފަހުން ލީގުގައި ކުޅުނު 14 މެޗުން މޮޅުނުވިޔަސް އެސްޕަންޔޯލް އޮތީ ލީގުގެ 10 ވަނައިގަ އެވެ. އެޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗުން ބަލިވިއިރު 5 މެޗު ވަނީ އެއްވަރުވެފަ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings