ފުރަތަމަ ސަފްޙާ / ޚަބަރު / ތިމަރަފުއްޓާއި މާބައިދޫ ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރުވެއްޖެ
ފަހުމިނެޓް

ތިމަރަފުއްޓާއި މާބައިދޫ ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރުވެއްޖެ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 17 އޮކްޓޫބަރު 2018

މިނިވަން ޗެމްޕިއަންޝިޕް ޒޯން 7 ގައި ލ.މާބައިދޫ އާއި ތ.ތިމަރަފުށި ބައްދަލުކުރި މެޗު ދެޓީމު 1-1 ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ލ.އަތޮޅުގެ ޗެމްޕިއަން މާބައިދޫ އާއި ދެކޮޅަށް ތ.އަތޮޅުގެ ޗެމްޕިއަން ތ.ތިމަރަފުށި މާބައިދޫ ދަނޑުގައި ބައްދަލުކުރި މެޗުގެ ކުރީކޮޅު މާބައިދޫއިން ވަނީ ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 19، ޙުސައިން ޝަފްރާޒެވެ. ޝަފްރާޒް މިގޯލު ކާމިޔާބުކުރީ މެޗު ފަށައިގެން ދެވަނަ މިނެޓުގައި މާބައިދޫއަށް ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މާބައިދޫގެ މި ލަނޑާއެކު ތިމަރަފުށިން ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިމަރަފުށިން ގޯލެއްޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 19، އަބްދުﷲ މުނާޒެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާބައިދޫގެ ޖާޒީ ނަންބަރު 12 މުޙައްމަދު ވަހީދު ކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު، ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިދެޓީމު ބައްދަލުކުރާ ފައިނަލް މެޗުގެ ދެވަނަ ލެގު އަންނަ ހޮނިހިރު ދުވަހު ހަވީރު އޮންނާނީ ތިމަރަފުށީ ރަސްމީ ބޯޅަދަނޑުގައެވެ.

މިދިޔަ އަހަރުވެސް ޒޯން ހަތެއްގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދީ ފައިނަލްގައި މާބައިދޫ ބަލިކޮށްފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!