ވިލުފުށީގައި މިހާރު ކުރިއަށްދާ ދި ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގައި ފަސް ޓީމަކުން ވާދަކުރަމުން އަންނަ އިރު މުބާރާތުގައި މީގެ ކުރިން ވާދަކޮށްފައިވާ ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ ސަނދަރަ ގޯޅި އެވެ.
ޔުނިޓީ ޗެމްޕިއަންޝިޕްގެ ދެވަނަ މުބާރާތުގެ ކުޅުން މިދިޔަ އަންގާރަ ދުވަހު ފެށިއިރު މިފަހަރުގެ މުބާރާތުގައި ސަނދަރަ ގޯޅިން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ޔުނައިޓެޑް މަރުހަބާގެ މައްޗަށް 1-8 އިން ކުރި ހޯދައިފަ އެވެ.
މިއީ މިދިޔަ ފަހަރުގެ ޔުނިޓީ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ސަނދަރަ ގޯޅިއަށް މިފަހަރުގެ މުބާރާތުގައި ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރަކަށް ވާނެކަން ޔަހީނެވެ.
ޔުނިޓީ ޗެމްޕިއަންޝިޕްގެ މިދިޔަ މުބާރާތަށް ނެރުނު ޓީމަށްވުރެ ވަރުގަދަ ސްކޮޑަކާއެކު ނުކުތް ސަނދަރަ ގޯޅީގެ އުންމީދުތައް ވެސް މައްޗެވެ. ޓީމުގެ މެނޭޖްމަންޓުން "ފަހުމިނެޓް" އަށް މައުލޫމާތު ދިން ގޮތުގައި އެ ޓީމުން މިފަހަރު އަމާޒު ހިފައިފައި ހުރީ ސީދާ ތަށްޓަށެވެ.
މުބާރާތަށް އަޅުގަނޑުމެން މިފަހަރު ނެރެފައިވާނީ ކުރީ ފަހަރަށް ވުރެ ވަރުގަދަ ޓީމެއް. މި ޓީމުން ވަނީ މުބާރާތަށް ދުރާލާ ތައްޔާރުވެފަ. އަޅުގަނޑުމެންގެ ޓާގެޓަކީ ކުޅިބެލުންތެރިން ބަލާހިތްވާ ކަހަލަ ރީތި ކުޅުމެއް ކުޅެގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދުން.
ސަނދަރަ ގޯޅި ގެ މެނޭޖަރު ސައިފުﷲ އާދަމް ޝިހާމް ބުނެފައިވެ އެވެ.
އެކީގައި ފުޓްސަލް ކުޅެން ގޮސް އުޅުނު ޒުވާނުންތަކެއް އެކުވެގެން މީގެ ތިން އަހަރު ކުރިން އުފެއްދި ސަނދަރަ ގޯޅިއަށް ވިލިފުށީގައި އޭގެ ފަހުން ބޭއްވި އެއްވެސް ފުޓްސަލް މުބާރާތެއްގެ ތަށި ލިބިފައި ނެތަސް އެ ޓީމުން ވަނީ 2023 ވަނަ އަހަރު އޮތް ވަން ވިލުފުށި ފުޓްސަލް ކަޕްގެ ސެމީ ފައިނަލްގައި ކްލަބް ސަހަރާ ކަންމަތި ބަލިކޮށް މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ.
https://www.facebook.com/permalink.php?story_fbid=pfbid0jsNumfdtz1oFXt1ghUQaUVgGzWipNcZUid3MnGcdmLercnmmCxgVsN8oUtpuM5BZl&id=100091568224471&__cft__[0]=AZikbNb1hkUcumcKVzg_YpzV1mWvJdgf8To6Vil5lLJfrbjk3Dg3DskXH-wi9mwIhPUmxfLBuA-_R3wa0sNw0ATPUjQ5rWrj1O2-QOvQ02Gk3-76_uCrArPmJPrStXLjdxf9U63T8G7a6PmfM_e7UB3CIGe0qFdm5GAB73Npq7XOqSparz4m_3jO-1g&__tn__=%2CO%2CP-R
ބޮޑު އުންމީދަކާއެކު މިފަހަރުގެ ޔުނިޓީ ޗެމްޕިއަންޝިޕަށް ނުކުތް ސަނދަރަ ގޯޅިން ވަނީ ރަށުގައި ތިބި ޒުވާން ހުނަރުވެރި ބައެއް ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް މުބާރާތަށް ނެރެފަ އެވެ. މީގެ އިތުރުން ޓީމު އިތުރަށް ވަރުގަދަކުރުމަށްޓަކައި ސަނދަރަ ގޯޅި ޓީމުން ވަނީ ރަށުން ބޭރުން ވެސް ރަގަޅު ދެ ކުޅުންތެރިޔަކު ގެނެސްފަ އެވެ.
މިފަހަރު ސަނދަރަ ގޯޅީގައި އޮތީ ވަރަށް މިކްސް ޓީމެއް. ޒުވާން ކުޅުންތެރިންނާއި، ތަޖުރިބާކާރު ކުޅުންތެރިން މި ޓީމުގައި އެބަތިމި. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީޫމުގެ ތެރޭގައި އޮތް އެއްބައިވަންތަކަން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ މި ހުރިހާ ކަމަކާ އެކު މި މުބާރާތުން ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ހޯދޭނެ.
މުބާރާތުގައި ސަނދަރަ ގޯޅިން ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ މިވަގުތު ޓޭބަލްގެ އެއް ވަނައިގައި އޮތް ކްލަބް ސަހަރާ ކަންމައްޗާ އެވެ. ސަހަރާ ކަންމަތިން ވަނީ މުބާރާތުގައި މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.
https://www.fahuminet.com/tournaments/the-unity-futsal-championship-vilufushi
ވިލުފުށި މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ ލިބޭނީ ލީގު ބުރުން އެއް ވަނަ ހޯދާ ޓީމަކަށެވެ. ދެ ވަނަ ޖާގަ ހޯދަން ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ޕްލޭއޮފް މެޗެއް ކުޅޭނެ އެވެ.