DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފައިނަލާ ގާތަށް ސަހަރާ ކަންމަތި ޖެހިލިއިރު، ހާއްޕެ އާއި ރިމޭގެ ވާދަވެރިކަން ބޮޑުވެއްޖެ
ފައިނަލާ ގާތަށް ސަހަރާ ކަންމަތި ޖެހިލިއިރު، ހާއްޕެ އާއި ރިމޭގެ ވާދަވެރިކަން ބޮޑުވެއްޖެ
ސަހަރާ ކަންމަތިން ސަނދަރަ ގޯޅި ބަލިކުރި މެޗުގެ ތެރެއިން. އެޓީމު ވަނީ ފައިނަލާ ގާތަށް ޖެހިލާފައި. ފޮޓޯ: ވިލުފުށި ކައުންސިލް

ފައިނަލާ ގާތަށް ސަހަރާ ކަންމަތި ޖެހިލިއިރު، ހާއްޕެ އާއި ރިމޭގެ ވާދަވެރިކަން ބޮޑުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން • 6 ނޮވެމްބަރު 2026

ވިލުފުށީގައި މިހާރު ކުރިއަށްދާ ދި ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން އަހަރުން ހިސާބާއި ސަހަރާ ކަންމަތި މޮޅުވެއްޖެ އެވެ. 

އިއްޔެގެ ފުރަތަމަ މެޗުގައި އިމްޕީރިއަމް ސްޕޯޓްސް ކްލަބާ ވާދަކޮށް އަހަރުން ހިސާބު މޮޅުވީ 8-0 އިންނެވެ. އަނެއް މެޗުގައި ސަހަރާ ކަންމަތިން ވަނީ 2-9 އިން ސަނދަރަ ގޯޅި ބަލިކޮށްފަ އެވެ. 

އަހަރުން ހިސާބު ހޯދި ބޮޑު މޮޅުގައި އިބްރާހީމް ރިމާހު (ރިމޭ) ވަނީ ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ބާކީ ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ހާމީ އަހުމަދާއި ހުސައިން ޝަރީފް (އޮންލީ) ގެ އިތުރުން އަބްދުﷲ ފައުޒާން އަދި އީސާ ޝައިމް ޒަމީމެވެ. 

ސަހަރާ ކަންމަތި މޮޅުވި މެޗުގައި އަހުމަދު ޔާސިރު ހެޓްރިކް ހެދި އެވެ. އަދި އިބްރާހީމް އަސްވަދު (ގަބޭ) އާއި އަލީ ހާފިޒް (ހާއްޕެ)، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަދި އެޓީމުގެ އިބްރާހީމް ރިޝާމް އާއި ގާއިދު ގާސިމް ވެސް ގޯލު ޖެހި އެވެ. 

ސަނދަރަ ގޯޅީގެ ދެ ގޯލު ޖެހީ ހުސައިން ސިލްމީޒް އާއި ހާތިމް އިފްރާހު އެވެ. 

އަހަރުން ހިސާބާއި އިމްޕީރިއަމް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވިލުފުށި ކައުންސިލް
އަހަރުން ހިސާބާއި އިމްޕީރިއަމް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވިލުފުށި ކައުންސިލް

ގިނަ ލަނޑުތަކެއް ފެނުނު ދުވަހަކަށް ފަހު ލަނޑު ލިސްޓުގެ އެއް ވަނައިގެ ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ. މި ވާދަވެރިކަން އެންމެ ބޮޑީ ސަހަރާ ކަންމަތީގެ ހާއްޕެ އާއި އަހަރުން ހިސާބުގެ ރިމޭއާ ދެމެދު އެވެ. ހާއްޕެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ 7 ގޯލާ އެކު އެވެ. ދެ ވަނައިގައި އޮތް ރިމޭ ވަނީ 6 ގޯލު ޖަހައިފަ އެވެ. މި ދެކުޅުންތެރިންނަކީ ވެސް ފުޓްސަލްގައި ރާއްޖޭގެ މަޝްހޫރު ދެ ނަމެވެ. 

އިއްޔެގެ މެޗުތަކަށް ފަހު ލީގު ބުރުގެ އެއް ވަނައިގައި ސަހަރާ ކަންމަތި އޮތީ 9 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 6 ޕޮއިންޓް ލިބިފައިވާ އަހަރުން ހިސާބެވެ. ތިން ވަނައިގައި އޮތް ސަނދަރަ ގޯޅި އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އިމްޕީރިއަމް އާއި ފުލުގައި އޮތް ޔުނައިޓެޑް މަރުހަބާ އަށް ޕޮއިންޓެއް ނުލިބެ އެވެ. 

https://fahuminet.com/tournaments/the-unity-futsal-championship-vilufushi

ސަހަރާ ކަންމަތި މިއަދު ހަވީރު ޔުނައިޓެޑް މަރުހަބާއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ލީގު ބުރުގެ އެއް ވަނަ ކަށަވަރުވެ ފައިނަލަށް ހޮވޭނެ އެވެ. ޔުނައިޓެޑް މަރުހަބާ ފުރަތަމަ ދެ މެޗުން ބަލިވެފައިވުމާ އެކު މި މެޗާ އެކު ސަހަރާ ކަންމަތިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ބޮޑެވެ. 

މިއަދު ހަވީރު ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އިމްޕީރިއަމް އާއި ސަނދަރަ ގޯޅި އެވެ. 

ވިލުފުށި ކައުންސިލުން އިންތިޒާމުކުރާ ފުޓްސަލް މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެވެ. މުބާރާތުގެ ލައިވްސްކޯ އާއި އެންމެ ފަހުގެ މައުލޫމާތު "ފަހުމިނެޓް" އިން ލިބޭނެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings