DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ކަތިރިއަންސް އާއި ކޭލި ޕޮއިންޓަކުން ފުއްދާލި އިރު، ހޭންޑްބޯލްގައި ސްޓްރައިކާސް އަތުން މޮޅުވީ "ހަމަކިރިޔާ"
ކަތިރިއަންސް އާއި ކޭލި ޕޮއިންޓަކުން ފުއްދާލި އިރު، ހޭންޑްބޯލްގައި ސްޓްރައިކާސް އަތުން މޮޅުވީ "ހަމަކިރިޔާ"
ކަތިރިއަންސްގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. ވާދަވެރި ކުރިމަތިލުން އެއްވަރުވީ 2-2 އިން. ފޮޓޯ: ނޫމަރާ ކައުންސިލް

ކަތިރިއަންސް އާއި ކޭލި ޕޮއިންޓަކުން ފުއްދާލި އިރު، ހޭންޑްބޯލްގައި ސްޓްރައިކާސް އަތުން މޮޅުވީ "ހަމަކިރިޔާ"

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން • 6 ނޮވެމްބަރު 2026

ނޫމަރާ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ސްޕޯޓްސް ފިއެސްޓާގައި ފުޓްސަލް އާއި ހޭންޑްބޯލްގެ ފޯރިގަދަ މެޗުތަކެއް މިރޭ ކުޅެފި އެވެ. 

ފުޓްސަލް މުބާރާތުގައި ހަތަރު ޓީމު ވާދަކުރާއިރު، މިރޭ ކޭލި އާއި ކަތިރިއަންސް ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. 

މިރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ކަތިރިއަންސް އިންނެވެ. މި ގޯލު މެޗުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އިބްރާހީމް އައިމަން އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހުކޮޅު މުހައްމަދު އަހުސަމް ޖެހި ގޯލުން ނަތީޖާ ހަމަހަމަވި އެވެ. އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މޫސާ ސަނީހުގެ ގޯލުން ކަތިރިއަންސް އަލުން ލީޑު ނެގި އެވެ. މި ހާފު ނިމުނީ 2-1 އިން ކަތިރިއަންސް ކުރީގައި އޮވެގެންނެވެ. 

ދެ ވަނަ ހާފުގައި ހިތްވަރާ އެކު ކުޅެ ކޭލިން ވަނީ މެޗު ނިމެން ތިން ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ނަތީޖާ އަނެއްކާ ވެސް ހަމަހަމަކޮށްފަ އެވެ. މި ގޯލު ވެސް ކާމިޔާބުކޮށްދިނީ އަހުސަމް އެވެ. 

https://fahuminet.com/tournaments/noomaraa-council-futsal-tournament

ފުޓްސަލް މުބާރާތުގެ ލީގު ބުރުގެ އެއް ވަނައިގައި އޮތް ކަތިރިއަންސް އާއި ދެ ވަނައިގައި އޮތް ކޭލިއަށް ވެސް ވަނީ 4 ޕޮއިންޓް ލިބިފަ އެވެ. އަނެއްކޮޅުން ތިން ވަނައިގައި އޮތް ކަތިރިއަންސް ޖޫނިއާސް އާއި ފުލުގައި އޮތް ފެލްކަން ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ ޕޮއިންޓެކެވެ. 

މުބާރާތުގައި މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކަތިރިއަންސް ޖޫނިއާސް އާއި ކަތިރިއަންސް އެވެ. 

ފައިނަލުގެ ސީދާ ޖާގަ ލިބޭނީ ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ހޯދަން ނުކުންނާނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމެވެ. ތާވަލު މިހާރު އެތުރިފައި އޮތްގޮތަށް ބަލާއިރު، ލީގު ބުރުގައި ކުރިއަށް އޮތީ ފޯރިގަދަ ދެ މެޗެވެ. 

ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯލް މުބާރާތް މިރޭ ވަނީ ފަށައިފަ އެވެ. ތިން ޓީމު ވާދަކުރާ މި މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ސްޓްރައިކާސް އާއި ހަމަކިރިޔާ އެވެ. ވަރަށް ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 13-12 އިން ކާމިޔާބުކުރީ ހަމަކިރިޔާ އެވެ. 

ސްޓްރައިކާސް އާއި ހަމަކިރިޔާ ވާދަކުރި ހޭންޑްބޯލް މެޗުގެ ތެރެއިން. ފޮޓޯ: ނޫމަރާ ކައުންސިލް
ސްޓްރައިކާސް އާއި ހަމަކިރިޔާ ވާދަކުރި ހޭންޑްބޯލް މެޗުގެ ތެރެއިން. ފޮޓޯ: ނޫމަރާ ކައުންސިލް

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 9-7 އިން ހަމަކިރިޔާ ކުރީގައި އޮވެގެންނެވެ. އެކަމަކު ދެ ވަނަ ހާފުގައި ފަހަތުން އަރައި ސްޓްރައިކާސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. އަދި މެޗުގެ ވަރަށް ފަހަކާ ޖެހެންދެން ނަތީޖާ އޮތީ 12-12 ގަ އެވެ. ހަމަކިރިޔާ މޮޅުވީ މެޗުގެ ފަހުކޮޅު އެޓީމުގެ އިޝާ އަބްދުލްހަންނާން ޖެހި ގޯލުންނެވެ. 

މެޗުގައި ހަމަކިރިޔާ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދނީ ރުހާ ހަސަން އާއި އިޝާގެ އިތުރުން ސާރާ ސަމީމް އެވެ. ސްޓްރައިކާސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އާމިނަތު ސޮބީހާ އާއި އާއިޝަތު ނިޔާޒާގެ އިތުރުން އާމިނަތު ހިދާޔާ އަދި ފާތިމަތު ރާފިއާގެ އިތުރުން އާމިނަތު ރާމިޒާ އެވެ. 

https://fahuminet.com/tournaments/noomaraa-council-handball-tournament

ހޭންޑްބޯޅައިގެ މެޗެއް މާދަމާ ރޭ ވެސް ކުޅޭނެ އެވެ. މި މެޗުގައި ސްޓްރައިކާސް ނުކުންނާނީ ކަމްބެކާސްއާ ދެކޮޅަށެވެ. ކަމްބެކާސް އަކީ މިދިޔަ އަހަރު ބޭއްވި ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ޓީމެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings