ފުރަތަމަ ސަފްޙާ / ޚަބަރު / ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކްލަބް 010 އަށް

ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކްލަބް 010 އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 9 އޮގަސްޓް 2021

މިހާރު ކުރިއަށްދާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކްލަބް ވަން އޮޕޮޗޫނިޓީ (ކްލަބް އޯވަންއޯ) ހޯދައިފި އެވެ.

ކްލަބް އޯވަންއޯ އަށް ކުއާޓާގެ ފަހު ޖާގަ ޔަގީން ވީ ރޭ  08:30 ގައި އެފްއޭއެމް އެއް ނަންބަރު ޓާފުގައި ކުޅެން އޮތް ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ރޭޖް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހަމަ ނުވުމުން އެޓީމަށް ފައިދާ ދެ ގޯލާ އެކު ތިން ޕޮއިންޓް ލިބުމުންނެވެ. މިމެޗުން ރޭޖް ސްޕޯޓްސް މޮޅުވި ނަމަ، ގުރޫޕް 4 ގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ އެޓީމަށް ކަށަވަރު ވީހެވެ.

ކުއާޓާ ފައިނަލުގައި އޯވަންއޯ ވާދަކުރާނީ ގުރޫޕް އެކެއްގެ އެއްވަނަ ހޯދި ޓެންޓް ސްޕޯޓްސް ކުލަބާ އެވެ. މިގުރޫޕުގެ އެއްވަނަ ހޯދި ކުލަބް ޓީނޭޖް ނުކުންނާނީ ގުރޫޕް އެކެއްގެ އެއްވަނަ ހޯދި ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

އިއްޔެ ހަވީރު ގުރޫޕް 3 ގެ އެލްޓީ ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކްލަބު ބައްދަލު ކުރި މެޗް 5-1 އިން ކާމިޔާބު ކުރީ ބުރު ސްޕޯޓްސް ކުލަބެވެ. ބުރު ސްޕޯޓްސް އިން ޖެހި ފަސް ލަނޑުގެ ތެރެއިން އެއް ލަނޑަކީ އެލްޓީ ސްޕޯޓްސް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބުރުގެ ޔޫކްރޭން މިޑްފީލްޑަރ ސޮބޮލް އިލިއާ ދެ ގޯލު ޖެހިއިރު އޭނާގެ ފުރަތަމަ ގޯލަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ބާކީ ދެ ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު އަތީފް އަދި ކެޕްޓަން އިބްރާހިމް މައިސާން އެވެ.

މިމެޗުގެ ކުރިން ދެޓީމަށް ކުއާޓާ ފައިނަލުން ޖާގަ ޔަގީން ވެފައި ވީނަމަވެސް މިއަދުގެ މޮޅާ އެކު ބުރު ސްޕޯޓްސް ކުލަބުން ވަނީ ގުރޫޕުގެ އެއްވަނަ ޔަގީން ކޮށްފައެވެ. ކުއާޓާ ފައިނަލުގައި އެޓީމު ވާދަ ކުރާނީ ގުރޫޕް 2 ގެ ދެވަނަ ހޯދި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބާ އެވެ. އަދި އެލްޓީ ސްޕޯޓްސް ކުލަބު ވާދަކުރާނީ ގުރޫޕް 2 ގެ އެއްވަނަ ހޯދި ލޮރެންޒޯ ސްޕޯޓްސް ކުލަބާ އެވެ.

ކުއާޓާ ފައިނަލުގެ މެޗްތައް:

11 އޮގަސްޓް 2021
16:00 : ޓެންޓް ސްޕޯޓްސް ކްލަބް – ކްލަބް އޯވަންއޯ

21:00 : ބުރު ސްޕޯޓްސް ކްލަބް – ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް

 

12 އޮގަސްޓް 2021

16:00 : ލޮރެންޒޯ ސްޕޯޓްސް ކްލަބް – އެލްޓީ ސްޕޯޓްސް ކްލަބް

21:00 : ކްލަބް ޓީނޭޖް – ބިސްބުރު ސްޕޯޓްސް ކްލަބް

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!