ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅެއްގެ އިންތިޒާރުގައި އޮތް ޖަރުމަނުން ފޯމްގައި އޮތް ޗެމްޕިއަނާ ދެކޮޅަށް

މޮޅެއްގެ އިންތިޒާރުގައި އޮތް ޖަރުމަނުން ފޯމްގައި އޮތް ޗެމްޕިއަނާ ދެކޮޅަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 19 ޖޫން 2021

ޔޫއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ “ގުރޫޕް އޮފް ޑެތު” ގައި ޖަރުމަނާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މިރޭ ނުކުންނާނެ އެވެ.

ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު ޖަރުމަންގެ އެލިއަންޒް އެރީނާގައި މިދެޓީމު ވާދަކުރާއިރު މިއީ މިދެޓީމު ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗެވެ. ގުރޫޕް އެފްގެ ފުރަތަމަ މެޗުގައި ދިފާއީ ޗެމްޕިއަން ޕޯޗުގަލް ވަނީ ހަންގޭރީގެ ޕުސްކަސް އެރީނާގައި 3-0 އިން ހަންގޭރީ ބަލި ކޮށްފަަ އެވެ. ނަމަވެސް އަމިއްލަ ފަސްގަނޑުގައި ބައިކޮޅަށް ވަން ގޯލަކުން ޖަރުމަން ވަނީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 1-0 އިން ބަލިވެފަ އެވެ.

މެޗުގެ ކުރިން ޖަރުމަންގެ ކޯޗު ޔަކިމް ލޯ ބުނީ، މެޗުން މޮޅުވުމުގެ ރޫހު ޓީމުގައި އެބައޮތް ކަމަށާއި، ފުރަތަމަ މެޗަށް ވުރެ އެޓޭކްތައް ވަރުގަދަ ކުރެވިއްޖެނަމަ ޕޯޗުގަލް ބަލިކުރެވޭނެ ކަމަށެވެ.

ޕޯޗުގަލް އިން ހަންގޭރީ ބަަލިކުރި މެޗުގައި އެޓީމުން ޖެހި ތިން ގޯލުވެސްް ޖަހާފަައި ވަނީ މެޗުގެ ފަހު ދިހަ މިނިޓުތެރޭގަ އެވެ. އަދި އެމެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބު ކޮށް، މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންްތެރިޔާގެ ލަގަބް ހޯދާފަ އެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯގައި 11 ލަނޑު ހަމަކޮށްފަ އެވެ.

މި ރެކޯޑާ ގުޅޭގޮތުން ޕޯޗުގަލްގެ ޕްލޭމޭކަރ ބްރޫނޯ ފެނާންޑޭޒް ބުނީ ރޮނާލްޑޯއަކީ އަބަދުވެސް ނުފޫޒުގަދަ ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ އަބަދުވެސް އެންމެ ރަނގަޅަށް މަސައްކަތްކޮށް، ޓީމުގައި ތަފާތު ދައްކަމުންދާ ކުޅުންތެރިއެއް ކަމެވެ. ނަމަވެސް ޕޯޗުގަލް ޓީމުގައި އެންމެ މުހިންމު ކުޅުންތެރިއަކީ “އަހަރުމެން” ކަމަށެވެ.

ގުރޫޕް އެފްގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ތިން ޕޮއިންޓް އަދި ފައިދާ ތިން ގޯލާއެކު އެއްވަނައިގައި އޮތީ ޕޯޗުގަލް އެވެ. ތިން ޕޮއިންޓް ލިބިފައި ވީނަމަވެސް ފްރާންސް ދެވަނައިގައި އޮތީ ފައިދާ އެއް ގޯލާއެކު އެވެ. ޖަރުމަނާއި ހަންގޭރީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މި ގުރޫޕުގައި ހިމެނޭ ހަންގޭރީ އާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ އިރުއޮއްސި 6 ޖަހާއިރެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!