ފުރަތަމަ ސަފްޙާ / ޚަބަރު / ބެލްޖިއަމްގައި ފެއިލްވި މާޓިނޭޒް ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވެއްޖެ

ބެލްޖިއަމްގައި ފެއިލްވި މާޓިނޭޒް ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވެއްޖެ

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 9 ޖެނުއަރީ 2023

ކުރިން ބެލްޖިއަމް އަށް އިރުޝާދު ދިން، ސްޕެއިން އަށް އުފަން ރޮބާޓޯ މާޓިނޭޒް ޕޯޗުގަލްގެ ކޯޗުކަމާ ހަވާލު ވެއްޖެ އެވެ.

މާޓިނޭޒް ކޯޗިން ކެރިއަރު 2007 ގައި ފެށީ ސްވާންސީ ސިޓީ އިންނެވެ. އެއަށްފަހު 2009 ގައި ވިގަން އެތުލެޓިކަށް ބަދަލުވެ، 2013 ގައި އިނގެރޭސި އެފް އޭ ކަޕް ވިގަންއަށް ކާމިޔާބު ކޮށްދިނެވެ.

މީގެ އިތުރުން އިނގިރޭސި ކުލަބް، އެވަޓަން އަށް ވެސް މާޓީނޭޒް ވަނީ ތިން އަހަރު ކޯޗުކަން ކޮށްދީފަ އެވެ. މި ތިން އަހަރު ތެރޭގައި މާޓިނޭޒް ވަނީ އެވަޓަން އަށް ރަނގަޅު ނަތީޖާ ތަކެއް ހޯދައިދީފަ އެވެ.

މާޓިނޭޒްގެ ކޯޗު ކަމުގެ ދަށުގައި ބެލްޖިއަމް ވަނީ 2018 ރަޝިއާ ގައި ބޭއްވި ވޯލްޑް ކަޕުން ތިން ވަނަ ހޯދައިފަ އެވެ. އޮގަސްޓް 2016 ގައި ބެލްޖިއަމްއާ ހަވާލުވި މާޓިނޭޒް މަގާމުން ވަކި ވެފައި ވަނީ މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމުންނެވެ.

“ގައުމީ ޓީމު ތަކުގެ ތެރެއިން ހުނަރުވެރި ކުޅުންތެރިން ތަކެށް ތިބި އެއް ޓީމާ އެއްކޮށް ކުރިއަށް ދާން ލިބުނީމަ އަހަރެން މި ހުރީ ވަރަށް އުފަލުން” ސްޕެއިންއަށް އުފަން މާޓިނޭޒް، 49 ބުންޏެވެ.

ފެނާންޑޯ ސަންޓޯސް ވަނީ ޕޯޗުގަލްގައި އަށް އަހަރު ހޭދަކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި 2016 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ޕޯޗުގަލް އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި މީގެ އިތުރުން 2019 ގައި ޔޫ އެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކުރި އެވެ. ސަންޓޯސް ޕޯޗުގަލްގެ ކޯޗު ކަމުން އިސްތިއުފާ ދީފައި ވަނީ ވޯލްޑް ކަޕް 2022 ގެ އާޓާ ފައިނަލްގައި މޮރޮކޯ އަތުން ބަލިވެ ކެޓުމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!