ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެއިން އާއި ޕޯޗުގަލް މިފަހަރުވެސް އެއްވަރު

ސްޕެއިން އާއި ޕޯޗުގަލް މިފަހަރުވެސް އެއްވަރު

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 3 ޖޫން 2022

ސްޕެއިން އާއި ޕޯޗުގަލް ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. މިދިޔަ 10 އަހަރުތެރޭ ފަސް ފަހަރު މި ދެޓީމު ވާދަކުރިއިރު އެ ފަސް މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެޓީމު ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 0-0 އިންނެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން 4-2 އިން ކާމިޔާބުކުރީ ސްޕެއިން އެވެ. އޭގެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމުގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. 2020 ވަނަ އަހަރު ސްޕެއިން އާއި ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 0-0 އިންނެވެ. އޭގެފަހުން މިދިޔަ އަހަރު މި ދެޓީމުގެ ކުރިމަތިލުން ވެސް ނިމުނީ ލަނޑެއް ނުޖެހި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ޖެހީ ސްޕެއިންގެ އަލްވާރޯ މޮރާޓާ އެވެ. ޕޯޗުގަލަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 82 ވަނަ މިނެޓުގައި ޖެހީ ރިކާޑޯ ހޯޓާ އެވެ. މިއީ ގާތްގަނޑަކަށް 10 އަހަރު ފަހުން ޕޯޗުގަލް ޓީމުގައި ހިމެނިގެން ހޯޓާ ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އެންމެ ފުރަތަމަ ޕޯޗުގަލް ޓީމެއް މެޗެއް ކުޅުނީ 2014 ވަނަ އަހަރު އެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އެރީ ބެންޗުންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ޗެކް ރިޕަބްލިކް ރޭ ވަނީ 1-2 އިން ސްވިޒަލެންޑް ބަލިކޮށްފަ އެވެ.

އަންނަ އާދީއްތަ ދުވަހު ސްޕެއިން އިން ރަށުން ބޭރުގައި ޗެކް ރިޕަބްލިކްއާ ދެކޮޅަށް ނުކުންނައިރު ޕޯޗުގަލް އަމިއްލަ ދަނޑުގައި ކުޅޭނީ ސްވިޒަލެންޑާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!