ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ، ރެއާލް އަދި ޔުވެންޓަސްއަށް ފިޔަވަޅު އަޅަން ޔޫއެފާ ތައްޔާރުވަނީ

ބާސެލޯނާ، ރެއާލް އަދި ޔުވެންޓަސްއަށް ފިޔަވަޅު އަޅަން ޔޫއެފާ ތައްޔާރުވަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 26 މެއި 2021

މުޅިން އަލަށް ފަށަން މަސައްކަތްކުރި ޔޫރަޕިއަން ސުފަ ލީގު އުފަންކުރުމުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސް ބައިވެރިވެފައިވާތީ އެ ޓީމްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ފަށައިފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ތައާރަފްކުރުމަށްފަހު މަސައްކަތް މެދުކަނޑާލި ސުޕަ ލީގު އުފެއްދުމުގައި މި ތިން ތީމްގެ އިތުރުން އިނގިރޭސި ޕްރިމިއަ ލީގުގެ ހަ ކްލަބަކާއި، އިޓަލީގެ ދެ ކްލަބެއްގެ އިތުރުން ސްޕެއިންގެ ކްލަބެއް ބައިވެރިވި ނަމަވެސް މި ނުވަ ކްލަބުން ވަނީ ކުރިމަތިވި ގިނަ ފިއްތުންތަކާއެކު މުބާރާތުން ވަކިވެފަ އެވެ. މުބާރާތް އިއުލާންކުރިތާ ގާތްގަނޑަކަށް އެންމެ ތިން ދުވަސްތެރޭގައި ފްލޮޕަކަށްވި ސުޕަ ލީގުގައި ބައިވެރިވި ބާސެލޯނާ އާއި ރެއާލްގެ އިތުރުން ޔުވެންޓަސް މުބާރާތުން ވަކިވެފައިނުވާއިރު އެ ކްލަބްތަކުން ވަނީ މުބާރާތުގައި ބައިވެރިވާން އެމީހުން ނިންމި ނިންމުން ދިފާއުވެސްޮށްފަ އެވެ.

ޔޫއެފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއެފާއިން ކަނޑައަޅައިފައިވާ ގާނޫނީ ހަމަތަކާއި ތިން ކްލަބުން ހިލާފުވެފައިވާކަމަށް ބެލެވޭތީ އެ ކްލަބްތަކާ މެދު ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށެވެ. މި މަސައްކަތް ޔޫއެފާއިން ފަށައިފައިވަނީ ސުލޫކީ އަދި އަހްލާގީ މައްސަލަތައް ބަލާ އެ އިދާރާގެ އިންސްޕެކްޓަރުން ކަމާ ގުޅޭގޮތުން ހިންގި ތަހުގީގަކަށް ފަހު ކަމަށެވެ.

“މަސައްކަތް ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނަން. ” ޔޫއެފާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސުޕަ ލީގުގައި ބައިވެރިވި އަނެއް ނުވަ ޓީމްކަމަށްވާ މެންޗެސްޓަ ސިޓީ، މެންޗެސްޓަ ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ،ޓޮޓެންހަމް، އާސެނަލް، އިންޓަ މިލާން، އޭސީ މިލާން އަދި އެތުލެޓިކޯ މެޑްރިޑާ މެދުވެސް ޔޫެއެފާއިން މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ފިޔަވަޅެއް އަޅައިފަ އެވެ. އެގޮތުން އެ ހުރިހާ ޓީމްތައް އުކުވެގެން ޔޫރަޕްގެ ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި ކުރެވޭ ގްރާސްރޫޓް މަސައްކަތްތަކަށް 15 މިލިއަން ޔޫރޯ ހޭދަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމާއި، 2023 ވަނަ އަހަރުގެ ސީޒަންގައި ބާއްވާ ޔޫރަޕްގެ މުބާރާތްތަކުން އެ ކްލަބްތަކަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ފައިސާ ހިފެހެއްޓުމަށް ޔޫއެފާއިން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ޔޫއެފާއިން ހުއްދާ ނުދޭ މުބާރާތެއްގައި ބައިވެރިވެއްޖެ ހިނދެއްގައި 100 މިލިއަން ޔޫރޯއިން ކްލަބްތައް ޖޫެިމަނާ ވާ ގޮތަށް ޔޫއެފާ އިން ކަނޑައެޅި ކަނޑައެޅުމަށް ކްލަބްތަކުން ވަނީ އެއްބަސްވެފަ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!