ފުރަތަމަ ސަފްޙާ / ޚަބަރު / މެންޗެސްޓަ ޔުނައިޓެޑްގެ ވައިސް ޗެއާމަން އިސްތިއުފާ ދޭން ނިންމައިފި

މެންޗެސްޓަ ޔުނައިޓެޑްގެ ވައިސް ޗެއާމަން އިސްތިއުފާ ދޭން ނިންމައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 އެޕްރީލް 2021

މެންޗެސްޓާ ޔުނައިޓެޑްގެ ވައިސް ޗެއާމަން ކަމުގެ މަގާމުގައި ހުރި އެޑް ވުޑްވާޑް އިސްތިއުފާ ދޭން ނިންމައިފި އެވެ. މިއަހަރު ނިމުމާއެކު ކުލަބް ހިންގުމުގެ މަސްއޫލިއްޔަތުން ދުރަށްދާން އެޑް ވުޑްވާޑް ނިންމާފައި މިވަނީ ޔޫރަޕިއަނއްއ ސުޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ބައިވެރިވެފައިވަނިކޮށް މުބާރާތަށް ގިނަ ބަޔެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޔުނައިޓެޑްގެ ވައިސް ޗެއާމަން ކަމުގެ މަގާމުން ވުޑްވަޑް ވަކިވާން ނިންމި އިރު ސުޕަ ލީގާ ދެކޮޅަށް އަމާޒުވަމުން އަންނަ ބޮޑެތި ފާޑުކިޔުންތަކާއެކު މެންޗެސްޓަ ސިޓީން މިހާރުވަނީ މުބާރާތުން ވަކިވެފަ އެވެ. އަދި މުބާރާތުން ވަކިވުމުގެ މަސައްކަތް ޗެލްސީންވެސް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 49 އަހަރުގެ ވުޑްވަޑް ޔުނައިޓެޑްގެ ވައިސް ޗެއާމަން ކަމުގެ މަގާމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ.

“މެންޗެސްޓަ ޔުނައިޓެޑަށް ހިދުމަތްކޮށްދެވުނީތީ އަހަރެން ވަރަށް ފަހުރުވެރިވަން. 16 އަހަރުވަންދެން ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބުގައި މަސައްކަތްކުރުމުގެ ފުރުސަތު ލޮިބުމަކީ އަހަރެންނަށް ލިބުނު ޝަރަފެއް. މުސްތަގްބަލަށްޓަކައި ކުރިއަށްދެވޭ ހާލަތަކަށް ކްލަބް އޮތީ ގެނެވިފަ. އަހަރު ނިމުމުން ކްލަބާ ދުރަށް ދާން ޖެހުމަކީ ކުރަން ފަސޭހަ ކަމެއް ނޫން.” އިސްތިއުފާދޭން ނިންމިކަން ހާމަކުރަމުން ވުޑްވަޑް ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!