Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޓޮޓެންހަމުން ވެސް މޮރީނިއޯ ބޭރުކޮށްފި

ޓޮޓެންހަމުން ވެސް މޮރީނިއޯ ބޭރުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
4 އަހަރު ކުރިން 19 އެޕްރީލް 2021

ޓޮޓެންހަމްގެ ކޯޗްކަމުގެ  މަގާމުން ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ. މޮރީނިއޯ އާއެކު އޭނާގެ އެސިސްޓެންޓްގެ ގޮތުގައި މަސައްކަތްކުރި އެންމެންވެސް ވަނީ ވަކިކޮށްފަ އެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި، ޗެލްސީއަށްވެސް ކޯޗްކަން ކޮށްދީފައިވާ މޮރީނިއޯ ޓޮޓެންހަމްގެ ކޯޗްކަމުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަން ޓޮޓެންހަމް ނިންމާލީ ލީގުގެ ހަވަނައިގައި އޮވެގެންނެވެ.  މި ސީޒަންގައި  މިވަގުތު ޓޮޓެންހަމް އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ. ލީގުގައި ޓޮޓެންހަމަށް ބާކީ ހަ މެޗު އޮތްއިރު އެ ޓީމު އޮތީ ހަތަރު ވަނައިގައި އޮތް ވެސްޓްހޭމްއަށްވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. ލީގުގައި އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ތިން މެޗުން އެ ޓީމަށް ހޯދުނީ އެންމެ ދެ ޕޮއިންޓެވެ.

17 މަސްދުވަހަށް ފަހު ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުން މޮރީނިއޯ ވަކިކޮށްފައިވާއިރު މި ސީޒަންގައި ތަށްޓެއް ހޯދުމަށް އެ ޓީމަށް އަދި ފުރުސަތު އެބައޮތެވެ. މި މަހުގެ 25 ވަނަ ދުވަހުގެ ރޭ އޮންނަ އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ޓޮޓެންހަމް ވާދަކުރާއިރު އަނެއްކޮޅުން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings