ފުރަތަމަ ސަފްޙާ / ޚަބަރު / މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭގޮތް ވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭގޮތް ވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 1 މާރޗް 2021

ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގައި މެންޗެސްޓަރ ޔުނައިޓެޑާއި، އޭސީ މިލާން ބައްދަލުކުރަން ހަމަޖެހިފައިވާ މެޗުގައި އޭސީ މިލާންގެ ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗަށް، އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެ އެވެ. އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި މިދިޔަ އާދީއްތަ ދުވަހު ރޯމާ އާ ދެކޮޅަށް ކުޅެ 1-2 އިން އޭސީ މިލާނުން ކުރި ހޯދި މެޗުގަ އެވެ.

މީގު ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް 53 މެޗު ކުޅެ 29 ގޯލް ޖަހައިދިން އިބްރަހިމޮވިޗްގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އާ ގުޅިގެން މަދުވެގެން ތިން ހަފްތާ އެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި އޭސީ މިލާނަށް ކުޅެދިން 21 މެޗުގައި 16 ގޯލު ޖަހައިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑާއި، އޭސީ މިލާން ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ވާދަކުރާ ފުރަތަމަ ލެގުގެ މެޗު މި މަހުގެ 11 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ އިރު ދެވަނަ މެޗު ކުޅޭ ގޮތަށް އޮތީ އޭގެ ހަފްތާއެއް ފަހުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!