ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އިންގްލެންޑުގެ އާސެނަލާއި ކުރިން ޔޫރަޕްގެ ގަދަބާރު އިޓަލީގެ އޭސީ މިލާން ވާދަކުރަން ޖެހިއްޖެއެވެ. އާސެނަލް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ދަތުރުކުރީ ސްވިޑަންގެ އޮސްޓާސުންޑްސް 4-2 ގެ އެގްރިގޭޓުން ބަލިކޮށްގެންނެވެ. އޭސީ މިލާން ގަދަ 16 އަށް ދަތުރު ކުރީ ދެމެޗުގެ އެގްރިގޭޓުން ބަލްގޭރިޔާގެ ލުޑޮގޮރޮޓްސް 4-0 އިން ބަލިކޮށްގެންނެވެ.
އޭސީ މިލާނަކީ ޔޫރަޕްގެ ތަށި 7 ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އެންމެ ފަހުން ޔޫރަޕްގެ ޗެމްޕިއަންކަން އެޓީމު ހޯދީ 2007 ވަނަ އަހަރުއެވެ. ޗެމްޕިއަންސް ލީގުގައި އާސެނަލާއި މިލާން ވަނީ ދެފަހަރަކު ވާދަކޮށްފައެވެ. އެއީ 2008 ވަނަ އަހަރު އަދި 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެންމެ ފަހުން މި ދެޓީމުގެ ކުރިމަތިލުން 2012 ވަނަ އަހަރު ކާމިޔާބު ކުރީ މިލާން އެވެ. މިލާނުން މިފަހަރުގެ ސީޒަނަށް ވަނީ 200 މިލިއަން ޕައުންޑް ހަރަދުކޮށް ޓީމު ވަރުގަދަ ކޮށްފައެވެ. ނަމަވެސް ލީގުގައި އެޓީމު އޮތީ 7 ވަނައިގައެވެ. އެޓީމުގެ ކުރީގެ ތަރި ޖެނާރޯ ގަޓޫސޯގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ މިލާނާއި އެއްވަނައިގައިވާ ނަޕޯލީއާ ދެމެދު 25 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުންދާ އާސެނަލަކީ ޔޫރޮޕާ ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެކެވެ. ނަމަވެސް އެޓީމުގެ ކޯޗު އާސެން ވެންގަރ ބުނެފައިވަނީ ޔޫރޮޕާ ލީގަށް ވުރެ ޕްރިމިއަރ ލީގަށް އެޓީމުދޭ ސަމާލުކަން ބޮޑުވާނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު 7 ސީޒަނުގައިވެސް މުބާރާތުން ވަކިވެފައިވަނީ ގަދަ 16 ގެ ބުރުންނެވެ. ލީގު ހޯދުމުގެ ފުރުސަތު އާސެނަލަށް ގެއްލިފައިވާއިރު އެޓިމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އާސެނަލަށް ޔޫރޮޕާ ލީގު ކާމިޔާބު ކުރުން ނުވަތު ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދަށް މަޖުބޫރުވާނެއެވެ.
އާސެނަލާއި މިލާނުގެ ފުރަތަމަ މެޗު މާރޗް 8 ގައި މިލާނުގައި ކުޅޭއިރު ދެވަނަ މެޗު މާރޗް 15 ވަނަ ދުވަހު ކުޅެނީ ލަންޑަނުގައެވެ. މި ބުރުގައި ހިމެނޭ ވަރުގަދަ ޓީމުތަކުގެ ތެރެއިން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ އާއެވެ. ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑް ވާދަކުރާނީ އޮސްޓްރިއާގެ ސަލްޒްބާގާ ވާދަކުރާއިރު ރަގަޅު ފޯމެއްގައި އޮތް އިޓަލީގެ ލާޒިއޯ ބައްދަލުކުރާނީ ޔޫކްރެންގެ ޑިނަމޯ ކިއެވް އާއެވެ.
ޔޫރޮޕާ ލީގުގައި އާސެނަލާއި އޭސީ މިލާނުގެ ކުރިމަތިލުމެއް
Advertisement
މި ލިޔުމާ ގުޅޭ
ކޮމެންޓްސް
# މަޤުބޫލު ލިޔުންތައް
"އެމީހުންގެ ހުރީ މެސީ، އަހަރެމެންގެ މިހިރީ ސަލާހް" އާޖެންޓީނާއާ ކުޅެން މިސްރު ތައްޔާރު
4 ދުވަސް ކުރިން
24 އަހަރުވީ ޔޫރަޕްގެ މަޅިން ބްރެޒިލަށް މިރޭ ސަލާމަތްވެވިދާނެތަ؟
6 ދުވަސް ކުރިން
މެސީގެ ލޯ ކަރުނައިން ފުރުނުއިރު އަނެއްކާވެސް އެ ލިޔުނީ އާދަޔާހިލާފު ސޮފްހާއެއް
3 ދުވަސް ކުރިން
ޔެލޯ އެލާޓް: ކުރިއަށް އޮތް 24 ގަޑިއިރު މެސީ ރޮނާލްޑޯގެ ބަހުސް ހޫނުވާނެ
1 ހަފްތާ ކުރިން
ސުމައްޔާގެ ހެޓްރިކާއެކު ސިފައިންގެ ކްލަބުން އެއިޓީން ތާޓީގެ ފުރަތަމަ މޮޅު ހޯދައިފި
1 ދުވަސް ކުރިން# ފަހުގެ ޚަބަރުތައް
މޮޅު ދެ ފޯވާޑުންގެ ކުރިމަތިލުން ކާމިޔާބުކުރާނީ ކާކު؟
5 ގަޑިއިރު ކުރިން
ކްލަސިކް މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ
7 ގަޑިއިރު ކުރިން
ނަރުދޫ ފުޓްސަލް ފިއެސްޓާގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު
9 ގަޑިއިރު ކުރިން