މިއަދު ހަވީރު ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗު 3-0 އިން ކާމިޔާބުކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މޮޅާއެކު ދަ ގްރާންޑޭ ސެމީ ފައިނަލުގައި ނުކުންނާނީ ރޭ ޕެނަލްޓީ ޖަހައިގެން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރި މާޒިޔާ އާ އެވެ. މި މަހުގެ 16 ވަނަ ދުވަހު މިދެޓީމު ސެމީގައި ވާދަކުރާއިރު އަނެއް ސެމީގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ ޓީމެއް ކަށަވަރުވާނީ މިރޭ ކްލަބް އީގަލްސްއާ ވިލިމާލެ ޔުނައިޓެޑް ވާދަކުރާ ކުއާޓާ ފައިނަލުގެ ފަހު މެޗަށް ފަހު އެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2916301915058570/?type=3&__xts__%5B0%5D=68.ARAf1nUb9gLk8jPxTXEkETjRO9WZkQFPUmrldCrdXc-8LQPA-pO-NmHJZzKsJl8nneOCvcxpaLma6LbyQUcG4y8LkB6yZIwCGGXAMB9KZySREQd-bhLTF7mhoybQhibXybn2uD22mONKN4lh6DGoOWDszXTGIkvnrWTGMjTNNzNB9P9ccwFDboKr-G4IXlfvih0SO0dCKYNOjiORkDlEtYjcvmBCcZP6bQXk6jUsjp1KkaScVi2iD3yBuKEBQO8Pd4Q7KPBnzGBzKEXBi60VvHfLWuulxgKc_zNm1bdvCwS_GVObsnbQ3PzZNQ-dLk49eIveYMy_DmYhEiHmEAkW9rA3lbQi&__tn__=-R
މިއަދުގެ މެޗުގައި ދަ ގްރާންޑޭގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރު އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ތޮލާލް ފޮނުވާލުމުން ވަނީ ގޯލުގެ މަތީ ކަނަށެވެ. ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ ލީޑު ފުޅާކޮށްދިން ގޯލުތައް ޖަހައިދިނީ ސީޒަނުގައި އެޓީމަށް ގިނަ ގޯލުތަކެއް ކާމިޔާބުކޮށްދެމުން އަންނަ އިރާގުގެ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު އެވެ. ފުރަތަމަ ގޯލު ޔަސްފާދު ހަބީބު (މުލަކެ) ދިން ބޯޅަ ހޯދުމަށް ފަހު އޮބައިދާ ވައްދާލީ ގޯލުގެ ކަނަށެވެ. މެޗުގެ ފަހުކޮޅު ލިބުނު ފުރުސަތެއްގައި އޮބައިދާ މެޗުގެ ދެ ވަނަ ގޯލު ޖެހީ ހުސްކޮށްހުރެ އެވެ.
ސީޒަނުގައި ދަ ގްރާންޑޭ އަށް ބާކީ އޮތީ ހަމައެކަނި އެފްއޭ ކަޕެވެ. ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުމުން ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުން އެޓީމަށް ފުރުސަތެއް ނުލިބުނެވެ. މިއަދުގެ މެޗުން ބަލިވުމުން ފޯކައިދޫ އަށް މިހާރު ވަނީ ސީޒަން ނިމިފަ އެވެ. އެޓީމަށް ވެސް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ލިބިފައެއްނުވެ އެވެ. މި ސީޒަނުގެ ބޮޑު ބައެއްގައި ފޯކައިދޫ ވަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ރަނގަޅު ވާދައެއްކޮށްފަ އެވެ. އެޓީމަށް މައްސަލަތައް ދިމާވީ ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި މުހިއްމު ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށް އެހެން ކްލަބްތަކަށް ދިއުމެވެ. އަދި، ލީގަށް ފަހު އެޓީމަށް އިރުޝާދުދިން ކޯޗު އަލީ ނިސްތާރު މުހައްމަދު ވެސް ވަނީ ގްރީން ސްޓްރީޓްސްއާ ހަވާލުވެފަ އެވެ.