ފުރަތަމަ ސަފްޙާ / ޚަބަރު / އެޓޯލް ޕްރޮޖެކްޓް ހިންގަން މަހިބަދޫ ސްޕޯޓްސް އާއި ކްލަބް އޭދަފުށިން ހަވާލުވެއްޖެ

އެޓޯލް ޕްރޮޖެކްޓް ހިންގަން މަހިބަދޫ ސްޕޯޓްސް އާއި ކްލަބް އޭދަފުށިން ހަވާލުވެއްޖެ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 14 ފެބްރުއަރީ 2020

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޕްރޮޖެކްޓް، “ޓުވާޑްސް ފިއުޗާ” ބެނާގެ ދަށުން ކުޅުންތެރިން ތަމްރީނު ކުރަން މަހިބަދޫ ސްޕޯޓްސް ކްލަބް އަދި ކްލަބް އޭދަފުށި ހަވާލުވެއްޖެ އެވެ. އެފްއޭއެމުން ވަނީ މިދިޔަ ބުދަ އަދި އިއްޔެ މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުއްޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ މި ހަރަކާތް ފެށީ ރަށްތަކުން ކޯޗުން ހަމަޖައްސައި ޓާގެޓް ގްރޫޕްތަކެއް ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް އެ އިދާރާއިން މިހާރު ނިންމާފައިވަނީ ރަށެއްގައި އޮންނަ ހަރަކާތްތެރި ކްލަބަކާއި ހަވާލުކޮށް ކުޅުންތެރިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

Football Association of Maldives and Mahibadhoo Sports Club has signed a MoU for Atoll Project in Mahibadhoo. pic.twitter.com/TrU1GSfuue

— Football Association of Maldives (@MaldivesFA) February 13, 2020


އެފްއޭއެމްގެ “ޓުވާޑްސް ފިއުޗާ” ޕްރޮޖެކްޓަކީ ޒުވާން ކުޅުންތެރިން ތަމްރީނުކުރުމުގެ ގޮތުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓް ހިންގަން މިދިޔަ އަހަރުގެ ކުރީކޮޅު އެފްއޭއެމުން ވަނީ ޒޯން ޑިވެލޮޕްމެންޓް އޮފީސްތައް ގާއިމުކޮށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކޯޗުން ހަމަޖައްސައިފި އެވެ. އަދި، މުޅި ޕްރޮޖެކްޓް ހިންގުމަށް ޒޯން ޑިވެލޮޕްމެންޓް އޮފިސަރެއް ވެސް ހަމަޖެއްސި އެވެ.

މަހިބަދޫ އާއި އޭދަފުށި މި ލިސްޓަށް އިތުރުވުމުން މިހާރު މި ޕްރޮޖެކްޓް ހިންގަން ހަވާލުކުރި ރަށްތަކުގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ. މިހާރު މި ހަރާކާތް ފަށާފައިވަނީ ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫ އަދި ފުވައްމުލަކާއި އައްޑޫ ސިޓީގަ އެވެ. ޕްރޮޖެކްޓް ދެން އެންމެ އަވަހަށް ފަށާނީ ލ. އަތޮޅާއި ދ. އަތޮޅުގަ އެވެ.
https://www.facebook.com/ClubEydhafushi/posts/845384322574256?__xts__%5B0%5D=68.ARDYYfU72QvDZnzSSLZV1AGQ1UIJoMRp9K3QotlhOPRNHfE7ETJH38gOTNBqxpx_JiRb16VHg62pwdHe5kVg2CAeqH7OV1hIwKYwqGBJouA__s5Jp3bBguNBM1yzMI9mw3mMpeRgXTEIYKq3_LiQZAxuaQ0JUB0YTB4n20ojyPTmOmVYmtaRtZAvTCWcQSJFXgsaFSj3o4Yk_10nVZAFZUCGqTOAs9Wn5HLlDh72BTpNyefYgdsP6UvQuhrdSzGfGJ9BaSRQF6VYYLAA8kPscLquObKmfZic7nxMsijJIYI51utwp42IF-fgARBE9_3TM6GfECT4yjO6D3K3B_PmFFk&__tn__=-R
އެފްއޭއެމްއާ އެކު ވީ އެއްބަސްވުމަށް ފަހު ކްލަބް އޭދަފުށިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކްލަބުގެ ހެޑް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ)ގެ ބެލުމުގެ ދަށުން އޭދަފުށީފައި އެފްއޭއެމް އެލީޓް އަންޑަ 13، އަންޑަ 15، އަންޑަ 18 އަދި ވިމެންސް ފުޓްބޯޅަ ތަރައްގީ ކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެފްއޭއެމުން އެއްބަސްވުމަކަށް އައި މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުއްޓަކީ ރަނގަޅު ފެންވަރެއްގައި ހިންގަމުން އަންނަ ދެ ކްލަބެވެ. މި ދެ ކްލަބުން ވެސް އައީ މީގެ ކުރިން ރަށުގައި އެލީޓް ޕްރޮގްރާމްތައް އުމުރުފުރާތަކަށް ހިންގަމުންނެވެ. އެކަމަކު އެފްއޭއެމްއާ އެކު ހެދި އެއްބަސްވުމުން ދެން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެފްއޭއެމްގެ ރަސްމީ ހަރަކާތެއްގެ ގޮތުގަ އެވެ. ކުޅުންތެރިން ތަރައްގީ ކުރުމަށް ކްލަބްތަކަށް އެފްއޭއެމުން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.

ހަރަކާތްތެރި މި ދެ ކްލަބުގެ ތެރެއިން މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ މި ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. މި ސީޒަނުގެ އެފްއޭ ކަޕްގައި ބައިވެރިވި ކްލަބް އޭދަފުށި އެ މުބާރާތުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

FAM and Club Eydhafushi has signed a MoU for Atoll Project in Eydhafushi. pic.twitter.com/ewjo0DcG96

— Football Association of Maldives (@MaldivesFA) February 13, 2020


އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޒުވާން ކުޅުންތެރިން އުފެއްދުމުގައި ކާމިޔާބު ކޯޗު ސާންތީއާ އެކު ކްލަބް އޭދަފުށިން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އަދި، އެފްއޭ ކަޕަށާއި މި އަހަރު ބާއްވަން ތާވަލްކޮށްފައިވާ ޖަޒީރާ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ ގިނަ މެޗުތަކެއް ވެސް އެ ކްލަބުން އަންނަނީ ކުޅެމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!