ފުރަތަމަ ސަފްޙާ / ޚަބަރު / ކްރިސްޓަލް ޕެލަސް އަތުން ޓޮޓެންހަމްއަށް މުހިއްމު މޮޅެއް

ކްރިސްޓަލް ޕެލަސް އަތުން ޓޮޓެންހަމްއަށް މުހިއްމު މޮޅެއް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 11 ނޮވެމްބަރު 2018

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއަތުން ޓޮޓެންހަމް ހޮޓްސްޕާ މުހިއްމު މޮޅެއް ހޯދައިފިއެވެ. ލީގުގައި ރޭ ކުޅެވުނު މިމެޗުގައި ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ކަނޑު ޖަހައިދިނީ އެޓީމުގެ 20 އަހަރުގެ ޒުވާން ޑިފެންޑަރު ހުއާން ފޮއިތް އެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ލީގު ތާވަލުގައި އެޓީމުގެ ފަހަތުގައި އޮތް އާސެނަލްއަށްވުރެ އެއްމެޗު އިތުރަށް ކުޅެ، ހަތަރުވަނާގައި ހަމަޖެހިލާފައެވެ. އާސެނަލްއިން މިރޭ ވުލްވަހެމްޓަންއާ ކުޅޭ މެޗުން މޮޅެއް ހޯދިނަމަވެސް ޓޮޓެންހަމް އަތުގައި އެޓީމަށްވުރެ އިރުރަށް އެއްް ޕޮއިންޓް އޮންނާނެއެވެ.

ޕްރިމިއަރ ލީގުގައި ރޭކުޅެވުނު އިތުރު މެޗުތަކަށް ބަލައިލާއިރު ލެސްޓާ ސިޓީއާ ބާންލީ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ސައުތްހެމްޓަން އާއި ވަޓްފޯޑް ބައްދަލުކުރި މެޗާއި ހަޑަސްފީލްޑާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ނިއުކާސަލް އިން މިވަގުތު ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް ބޯންމައުތުު 2-1 އިން ބަލިކުރިއިރު ކާޑިފް ސިޓީ ވެސް ވަނީ 2-1 އިން ބްރައިޓަން އެންޑް ހޯވް އަލްބިއަން ބަލިކޮށްފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!