ފުރަތަމަ ސަފްޙާ / ޚަބަރު / ބަންގްލަދޭޝްގެ ޒުވާން އަންހެން ޓީމަށް ސަރަހައްދީ ބޮޑު ކާމިޔާބެއް

ބަންގްލަދޭޝްގެ ޒުވާން އަންހެން ޓީމަށް ސަރަހައްދީ ބޮޑު ކާމިޔާބެއް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 8 އޮކްޓޫބަރު 2018

ދެކުނު އޭޝިޔާގެ ފުޓުބޯޅަ ފެޑެރޭޝަނުން މިއަހަރު އަލަށް ބާއްވަން ފެށި 18 އަހަރުން ދަށުގެ އަންހެނުނގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދައިފިއެވެ.

ސެޕްޓެމްބަރު 28 ގައި ބޫޓާނުގައި ފެށި މިމުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް ހޯދީ އިއްޔެ ކުޅެވުނު ފައިނަލުގައި 1-0 އިން ނޭޕާލް ބަލިކޮށްގެންނެވެ.

ދިވެހިރާއްޖެއިން މިމުބާރާތުގައި ބައިވެރިވިއިރު ރާއްޖެ ހިމެނުނީ ގުރޫޕް އޭގައެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު ބޫޓާން އަތުން 13-0 އިން ބަލިވިއިރު ދެވަނަ މެޗުގައި އިންޑިޔާ އަތުން ބަލިވީ 8-0 އިންނެވެ.

ގުރޫޕް ބީގައި ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާން ހިމެނުނުއިރު މިގުރޫޕުން މުބާރާތާ އަލްވަދާއުކީ ޕާކިސްތާނެވެ.

ޕެނަލްޓީ ޖަހައިގެން އިންޑިޔާ ބަލިކުރުމަށްފަހު ނޭޕާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު ބަންގްލަދޭޝް ވަނީ ސެމީ ފައިނަލުގައި ބޫޓާން ބަލިކޮށްފައެވެ. އިންޑިޔާއިން މުބާރާތުގެ ތިންވަނަ ހޯދީ، ތިންވަނަ ހޮވަން ކުޅުނު މެޗުގައި 1-0 އިން ބޫޓާން ބަލިކޮށްގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!