Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ވިސާ ނުދިނުމުގެ ބަދަލު ހިފަން ޕާކިސްތާން ނުުކުންނަނީ

ވިސާ ނުދިނުމުގެ ބަދަލު ހިފަން ޕާކިސްތާން ނުުކުންނަނީ

ފަހުމިނެޓް
ފަހުމިނެޓް
7 އަހަރު ކުރިން 6 ސެޕްޓެމްބަރު 2018

ޕާކިސްތާންގެ ޤައުމީ ޓީމް ސްކޮޑަށް ނެގި ޑެންމާކުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެޓީމުގެ އަދުނާން މުޙައްމަދަށް ވިސާ ނުދިނުމުގެ ބަދަލު ހިފައި، ސެމީފައިނަލުން ޖާގައެއް ހޯދުމަށް ޕާކިސްތާނުން ތައްޔާރުވެއްޖެއެވެ.

ސާފު ސުޒުކީ ކަޕް 2018 ގެ ގްރޫޕް އޭ ގައި މިއަދު ހަވީރު ޕާކިސްތާން ނިކުންނާނީ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް އާ ދެކޮޅަށެވެ. މިއަދުގެ މެޗަށް ޕާކިސްތާން ނިކުންނައިރު އެޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ، އެޓީމުގެ އެންމެ މުޙިއްމު އެއް ކުޅުންތެރިޔާ އަދުނާން މުޙައްމަދަށް އަދިވެސް ބަންގްލަދޭޝްގެ ވިސާ ހަމަ ނުޖެހުމެވެ.

image

މިއަދުގެ މެޗަށް ދެޓީމު ނިކުންނައިރު ޕާކިސްތާނުން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ނޭޕާލް ބަލިކޮށްފައެވެ. ބަންގްލަދޭޝް ވެސް ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗު، އެތައްހާސް ބަންގްލަދޭޝް ސަޕޯޓަރުންގެ ކުރިމަތީގައި 0-2 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފައެވެ.

ޕާކިސްތާނުން މި މުބާރާތަށް ކުރިމަތިލީ، އެޤައުމުގެ ހައިކޯޓުން ފުޓުބޯޅައަށް ނުފޫޒު ފޯރުވާތީ ބައިނަލް އަޤުވާމީ ފުޓުބޯޅައާ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

ޕާކިސްތާނުގެ ކޯޗު ހޯސޭ އެންޓޯނިއޯ ބުނެފައިވަނީ ބަންގްލަދޭޝް އާ ދެކޮޅަށް އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅެންޖެހުމަކީ އުނދަގޫ ކަމެއްކަމަށާއި، ނަމަވެސް ފަހުވަގުތާ ޖެހެންދެން މަސައްކަތް ކުރާނެކަމަށެވެ.

ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭ ބުނެފައިވަނީ، ފުރަތަމަ މެޗުގައި ސަޕޯޓަރުން ދިންވަރުގެ ސަޕޯޓެއް ދީފިނަމަ މިއަދުގެ މެޗުންވެސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށާއި، ޕާކިސްތާނަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެޓީމުގައި ތިބީވެސް އިސްކޮޅުން ދިގު ބިޔަ ކުޅުންތެރިން ކަމަށެވެ.

image

ސާފު ޗެމްޕިއަންޝިޕްގައި މީގެ ކުރިން މިދެޓީމު ވަނީ ހަ ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. ކޮންމެ ޓީމެއްވެސް ދެފަހަރު މޮޅުވިއިރު، އަނެއް ދެފަހަރު ވަނީ އެއްވަރުވެފައެވެ.

ކޮމެންޓްސް

Matches
4
Ongoing
2
Upcoming
Settings