ފުރަތަމަ ސަފްޙާ / ޚަބަރު / ސަޕޯޓަރަކު ދަނޑަށް އަރައި މެސީ ވައްޓާލައިފި
ސަޕޯޓަރަކު ދަނޑަށް އަރައި މެސީ ވައްޓާލައިފި
ސަޕޯޓަރަކު ދަނޑަށް އަރައި މެސީ ވައްޓާލަނީ

ސަޕޯޓަރަކު ދަނޑަށް އަރައި މެސީ ވައްޓާލައިފި

އެޑްމިން
އެޑްމިން
16 ގަޑިއިރު ކުރިން 28 ފެބްރުއަރީ 2026

އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އިންޓަ މިއާމީއަށް ކުޅެމުން ދަނިކޮށް ދަނޑުމައްޗަށް އެރި ސަޕޯޓަރަކު މެސީ ވައްޓާލައިފި އެވެ.

އެމެރިކާގެ ސިޔާދަތީ ބާރު އޮންނަ ގައުމެއް ކަމަށްވާ ޕޯޓޮރިކޯގެ ކްލަބެއް ކަމަށްވާ އިންޑިޕެންޑެންޓޭ ޑެލް ވާލޭ އާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅެން ނުކުތީ ފަހު ހާފުގަ އެވެ. އިންޓަ މިއާމީ 1-2 އިން ކާމިޔާބުކުރި މެޗުގައި މެސީ ވަނީ ޕެނަލްޓީއަކުން ގޯލެއް ޖަހައިފަ އެވެ.

މި މެޗުގައި ދަނޑުމައްޗަށް އަރައި ސަޕޯޓަރަކު މެސީ ވައްޓާލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އޭރު މެސީއާ ވީހާވެސް ގާތްވުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައިފަ އެވެ. ދަނޑަށް އެރި ސަޕޯޓަރަކު މެސީގެ އުނަގަނޑުގައި އަތްއަޅުވައި ވައްޓާލީ އެހެން ސަޕޯޓަރަކާ އެކު ސެލްފީއެއް ނަގަން ހުއްޓަ އެވެ.

https://x.com/Crackbol10/status/2027422727699648853?s=20

އެހާދިސާ ހިނގުމާއެކު ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވި ފަރާތްތަކުން ވަގުތުން ދަނޑަށް އަރައި މެސީ އަށް އިތުރު އުނދަގޫތަކެއް ކުރިމަތިވުމުން ވަނީ ސަލާމަތްކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން މެސީއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މި މެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެކަމަކު އޭރު މެސީ އަނިޔާގައި ހުރުމުގެ ސަބަބުން މެޗު ފަސްކުރީ އެވެ.

އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު ކަމަށްވާ މޭޖާ ލީގު ސޮކާގައި ވާދަކުރަމުން އަންނަ އިންޓަ މިއާމީ މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި އެލްއޭ އެފްސީއާ ވާދަކޮށް ވަނީ 0-3 އިން ބަލިވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!