ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމުން ބާއްވާ ވެޓަރަންސް މުބާރާތް މިއަދު ފަށަނީ
އެފްއޭއެމުން ބާއްވާ ވެޓަރަންސް މުބާރާތް މިއަދު ފަށަނީ
މިދިޔަ އަހަރު ކުޅުނު ވެޓެރެންސް މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ އެފްއޭއެމް އިން. ފޮޓޯ: ޕީއެސްއެމް ނިއުސް

އެފްއޭއެމުން ބާއްވާ ވެޓަރަންސް މުބާރާތް މިއަދު ފަށަނީ

އެޑްމިން
އެޑްމިން
1 ދުވަސް ކުރިން 20 ފެބްރުއަރީ 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ވެޓަރަންސް މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ. 

މިއީ 15 އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމުން ވެޓަރަންސް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. 

މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށްގެންދަން ރާވާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭގައި ހިމެނެނީ ދަ ގްރާންޑޭ، މުއިވެޔޮ ފްރެންޑްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ވިލިމާލެ ޔުނައިޓެޑެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޔުނައިޓެޑް ވިކްޓްރީ، ހުއްރިއްޔާ ސްޕޯޓްސް ކްލަބް، ހުޅުމާލެ ވެޓަރަންސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި، ޕޮލިސް ކްލަބެވެ. 

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމްތައް ލީގު އުސޫލުން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ސެމީ ފައިނަލުގަ އެވެ. 

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ އިރު ސެމީ ފައިނަލްގެ މެޗްތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 އަދި 14 ވަނަ ދުވަހު އެވެ. މާފަންނު ޓާފް ދަނޑުގައި ކުޅޭ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!