ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ މޮޅަކުން ފެށިއިރު ނިއު އާއި އޮޑި ވީ އެއްވަރު
މާޒިޔާ މޮޅަކުން ފެށިއިރު ނިއު އާއި އޮޑި ވީ އެއްވަރު
ނިއު ރޭޑިއަންޓާއި އޮޑި އެއްވަރުވި މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް

މާޒިޔާ މޮޅަކުން ފެށިއިރު ނިއު އާއި އޮޑި ވީ އެއްވަރު

އެޑްމިން
އެޑްމިން
1 ހަފްތާ ކުރިން 10 ފެބްރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކާމިޔާބުކުރި އިރު ދެވަނަ މެޗުގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ސްޕޯޓްސް ކްލަބް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. 

މުބާރާތުން ފުރުސަތު ލިބުނު ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު މިއަދު ކުޅުނު ހަތަރު ޓީމުގެ އިތުރުން މުބާރާތުން ދެން ފުރުސަތު ލިބިފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށާއި، ކްލަބް އީގަލްސްއަށެވެ. 

މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުގައި މާޒިއާއިން ބުރުގެ މައްޗަށް ކުރި ހޯދީ 0-1 އިންނެވެ. މި މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ލަނޑު ބުރުގެ ގޯލަށް ވައްދާލީ އެޓީމަށް ކުޅެމުން އަންނަ އަޒަރުބައިޖާންގެ ޑިފެންޑަރު ނާޒިމް މަމަދުޒާދާ އެވެ. 

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ބީގައި މިރޭ ނިއު އާއި އޮޑި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގައި ލީޑް ނެގީ ނިއުއިންނެވެ. ނިއުއަށް ލީޑް ނަގައިދިނީ އެޓީމަށް ކުޅެމުން އަންނަ ސިއެރަލިއޮންގެ މިޑްފީލްޑަރު ޔާޔާ ބިލިޓީ އެވެ. މެޗުގެ ނަތީޖާ އޮޑިއަށް ހަމަހަމަކޮށްދިން ލަނޑަކީ އެޓީމުގެ މުޒްދާން ހަސަން ފޮނުވާލި ބޯޅައެއް ނިއުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަނުމުން ކާމިޔާބުވި ލަނޑެކެވެ. 

މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެދުވަހު ހަވީރު ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ. 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!