ވިލުފުށީގައި ކުރިއަށްދާ ދި ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ދެ ވަނަ ޖާގަ އަހަރުން ހިސާބު ހޯދައިފި އެވެ.
އަހަރުން ހިސާބު ފައިނަލުގެ ދެ ވަނަ ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ޕްލޭއޮފް މެޗުގައި ސަނދަރަ ގޯޅިއާ ވާދަކޮށް 3-10 އިން މޮޅުވެގެންނެވެ.
ފައިނަލުގައި އަހަރުން ހިސާބު ވާދަކުރާނީ ސަހަރާ ކަންމައްޗާ އެވެ. ސަހަރާ ކަންމަތި ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއް ވަަނަ ޓީމުގެ ގޮތުގަ އެވެ.
މިއަދުގެ މެޗުގައި އަހަރުން ހިސާބުގެ ސަލްމާން ސަދީފް އާއި ހުސައިން ޝަރީފް (އޮންލީ) ހެޓްރިކް ހެދި އެވެ. އަދި އިބްރާހީމް ރިމާހު (ރިމޭ) ދެ ގޯލު ޖެހިއިރު ދެން ގޯލު ޖެހީ އިބްރާހީމް އައިހަމް އާއި އަހުމަދު ރައްޔާން އެވެ.
ސަނދަރަ ގޯޅީގެ ތިން ގޯލު ޖެހީ ހުސައިން ޒުހޫރު އިސްމާއީލް އާއި މުހައްމަދު ޝާންގެ އިތުރުން އިބްރާހީމް އަޝްހަމް އަބްދުﷲ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރިމޭ އެވެ.
https://fahuminet.com/tournaments/the-unity-futsal-championship-vilufushi
ލީގު ބުރުގައި ސަހަރާ ކަންމައްޗާއި އަހަރުން ހިސާބު ވާދަކުރި މެޗު 1-2 އިން ކާމިޔާބުކުރީ ސަހަރާ ކަންމައްޗެވެ. ފައިނަލުގައި ވާދަކުރާ ދެ ޓީމަކީ ވެސް މަޝްހޫރު ކުޅުންތެރިންނާ އެކު މުބާރާތަށް ވަރުގަދައަށް ތައްޔާރުވި ދެ ޓީމެވެ.
ސަހަރާ ކަންމައްޗާއި އަހަރުން ހިސާބު ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު އެވެ.