DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ކަމްބެކާސް ދެ ވަނަ ފަހަރަށް ތަށި ހޯދަން މިރޭ ނުކުންނައިރު ހަމަކިރިޔާ އޮތީ ރަނގަޅު ފޯމެއްގައި
ކަމްބެކާސް ދެ ވަނަ ފަހަރަށް ތަށި ހޯދަން މިރޭ ނުކުންނައިރު ހަމަކިރިޔާ އޮތީ ރަނގަޅު ފޯމެއްގައި
ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ހޭންޑްބޯލް މުބާރާތުގެ ލީގު ބުރުގައި ހަމަކިރިޔާ އާއި ކަމްބެކާސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ނޫމަރާ ކައުންސިލް އިދާރާ

ކަމްބެކާސް ދެ ވަނަ ފަހަރަށް ތަށި ހޯދަން މިރޭ ނުކުންނައިރު ހަމަކިރިޔާ އޮތީ ރަނގަޅު ފޯމެއްގައި

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން • 9 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން މިހާރު އެ ރަށުގައި ކުރިއަށްގެންދާ ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026 ގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކަމްބެކާސް އާއި ހަމަކިރިޔާ މިރޭ ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ތިން ވަނަ ހޭންޑްބޯލް މުބާރާތުގެ ފައިނަލުން ހަމަކިރިޔާ ޖާގަ ހޯދައިފައިވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކަމްބެކާސް އަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބުނީ ތިން ޓީމު ވާދަކުރާ މި މުބާރާތުގައި އެ ޓީމު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިފައިވާ މި މުބާރާތުގައި ހަމަކިރިޔާ އާއި ކަމްބެކާސް ވާދަކުރި މެޗު ހަމަކިރިޔާއިން ކާމިޔާބުކޮށްފައިވަނީ 6-7 އިންނެވެ. މި މެޗަށް ދެ ޓީމު ނުކުތްއިރު ވެސް މުބާރާތުގެ ފައިނަލްގެ ޖާގަ ދެ ޓީމަށް އޮތީ ކަށަވަރުވެފަ އެވެ.

މިހާތަނަށް ވަރަށް ވާދަވެރި މެޗުތަކެއް ފެނުނު ހޭންޑްބޯލް މުބާރާތުގައި ހަމަކިރިޔާއިން ކަމްބެކާސްއަށް ވުރެ ގިނަ ގޯލް ކާމިޔާބުކޮށްފައިވާ އިރު ދިފާއީ ރެކޯޑް ރަގަޅީ ކަމްބެކާސްގެ އެވެ. މިހާތަނަށް ހަމަކިރިއާއިން ޖުމްލަ 20 ގޯލް ކާމިޔާބުކޮށްފައިވާއިރު ކަމްބެކާސް އިން ވަނީ އެ ޓީމު ކުޅުނު ދެ މެޗުގައި ޖުމްލަ 14 ގޯލް ކާމިޔާބުކޮށްފަ އެވެ. މުބާރާތުގައި ހަމަކިރިޔާއިން ކުޅުނު ދެ މެޗުގައި ޖުމްލަ 18 ގޯލް އެ ޓީމު ކޮޅަށް ވަދެފައިވާ އިރު ކަމްބެކާސް ކޮޅަށް ވަދެފައިވަނީ 12 ގޯލެވެ.

ހަމައެކަނި ރަށަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހޭންޑްބޯލް މުބާރާތުގެ ފައިނަލާ ހަމައަށް އައިއިރު މުބާރާތުގެ އެންމެ ގިނަ ގޯލް ކާމިޔާބުކުރާ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ.

މުބާރާތުގެ ފައިނަލުން ޖާގަ ނުލިބުނު ސްޓްރައިކާސްގެ އާއިޝަތު ނިޔާޒާ 9 ގޯލާއެކު ޓޮޕް ސްކޯރާ ލިސްޓުގެ އެއް ވަނައިގައި އޮތް އިރު މިރޭގެ ފައިނަލް މެޗަށްފަހު ނިޔާޒާއަށް އެ މަގާމު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނިޔާޒާއާ ޖެހިގެން 8 ގޯލާއެކު ހަމަކިރިޔާގެ ސަރާ ސަމީމް އޮތް އިރު ލިސްޓުގެ ތިން ވަނައިގައި ދެ ކުޅުންތެރިޔަކު އެބަ އޮތެވެ. އެއީ 7 ގޯލް ކާމިޔާބުކޮށްގެން ހަމަކިރިޔާގެ ރުހާ ހަސަންއާއި ކަމްބެކާސްގެ ފާތިމަތު ނައުހާ އެވެ.

https://fahuminet.com/tournaments/noomaraa-council-handball-tournament

ހޭންޑްބޯލް މުބާރާތުގެ ފައިނަލްގައި ހަމަކިރިޔާ އާއި ކަމްބެކާސް ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. މި މެޗުގެ ލައިވް ސްކޯ މި ނޫހުގެ ވެބްސައިޓުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ނޫމަރާގައި ކުރިއަށްގެންދާ ހޭންޑްބޯލް މުބާރާތް މިރޭ ނިމޭއިރު ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުގައި ވާދަކުރާނީ ކަތިރިއަންސް އާއި ކޭލި އެވެ.     

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings